ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި މަތީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ އަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ކާރާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އިއްޔެގެ އެކްސިޑެންޓްގައި އަނިޔާވި މީހާ އޮތީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.
އޭނާގެ ހާލަތު ކްރިޓިކަލްއެވެ.
މީގެ ކުރިންވެސް ބްރިޖާއި، ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި އެކްސިޑެންޓްތައް ވެސް ހިނގާ މީހުންގެ ފުރާނަ ގެއްލިފައި ވެއެވެ.