ހުކުރު, މާރޗް 31, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ޑރ. މުހައްމަދު އަލީ ތުރުކީއަށް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 10, 2023
ޚަބަރު
0
މާދަރީބަހުން މުޢާމަލާތްކުރާން އެނގުމަކީ ބަލި މީހާއަށް ލިބޭ އިތުރު ޝިފާއެއް: ޑރ.މުޙައްމަދު ޢަލީ

ތުރުކީވިލާތުގެ ދެކުނާއި ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ ފެބްރުއަރީ 6 ގެ ދަންވަރުގެ ވަގުތުގައެވެ.

ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު އެތައް ސަތޭކަ ޢިމާރަތެއް ފުނޑުފުނޑުވެ ބިމާހަމަވިއެވެ. ވެއްޓި ސުންނާފަތިވިއެވެ. ބިންހެލުން އައި ވަގުތަކީ ގިނަ މީހުން ގެތަކުގައި ނިދާފައި ތިބި ވަގުތެވެ. މިއާއެކު ޢިމާރާތްތަކުގައި ތާށިވެ، އިމާރާތްތަކުގައި ދަށުގައި އެތައް ހާސް ބަޔަކު އަދިވެސް ތިބީ ތާށިވެފައެވެ.

ތުރުކީވިލާތުގެ ދެކުނާއި ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުންތަކުގައި އަނިޔާވި މީހުންނަށް އެހީތެރިވުމާށާއި މީހުން އިމާރާތްތަކުގެ ދަށުން ނެރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ އެ ޤައުމަށް އެހީތެރިވަމުންނެވެ. މީގެ ތެރޭގައި ދިވެހި ރާއްޖެވެސް ހިމެނެއެވެ.

ބިންހެލުންތަކުގައި އެތަކެއް ބަޔަކު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޚާއްސަގޮތެއްގައި އެތަކެއް ބަޔަކު ޒަޚަމްވެފައިވުމުގެ ސަބަބުން ހޮސްޕިޓާތަކަށްވެސް ވަނީ ބާރުބޮޑުވެފައެވެ. އެހެންކަމުން އެކި ޤައުމުތަކުން ސިއްޙީ އެހީތެރިކަންވެސް އަންނަނީ ފޮރުކޮށްދެމުންނެވެ.

މި ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެވެސް ހިމެނެއެވެ. އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރޮސަންޓުން ވަނީ ބީއެމްއެލްއާއި އެމްއައިބީގައި އެކައުންޓް ހުޅުވާ ފައިސާ ޖަމާކުރުމުގެ ފުރުޞަތު މިމަހުގެ 14 އަށް ހުޅުވާލާފައެވެ. މީގެ އިތުރަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރ ޑރ. މުޙައްމަދު އަލީ ވަނީ ތުރުކީވިލާތަށް ފުރާފައެވެ. މުޙައްމަދު އަލީ އެޤައުމަށް ފުރާފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއީސީ) އާއެކުގައެވެ.

ފުރުމުގެ ކުރިން ޑރ. މުޙައްމަދު ޢަލީ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި ވިދާޅުވީ ތުރުކީގެ އެންމެ ފަހުގެ ޙާލަތު ބެލުމަށާއި، ޙާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީތެރިވުމަށް އެ ޤައުމަށް ފުރާ ކަމަށެވެ. ބޭނުމަކީ ކިތަންމެ ކުޑަ ނަމަވެސް އެހީއެއް އަޅުގަނޑުމެންގެ ފަރާތުން ވެދެވެން އޮތްނަމަ ދެވެން އޮތް މިންވަރަކަށް އެހީ ދިނުންކަމަށް އެ ވީޑިއޯގައި އޭނާ ވިދާޅުވިއެވެ.

އަމިއްލަ ބިޒީ ޝެޑިއުލް އެއްފަރާތްކޮށްލުމަށްފަހު ޑރ. މުޙައްމަދު ޢަލީގެ ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންވީ މި ބިން ހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޞީއްޙީ އެހީތެރިކަން ބޭނުންވެފައިތިބި މުސްލިމު އަޚުންނާއި އުޚުތުންނަށް ހިތާއި ވަގުތު ހުސްކުރުމަށެވެ. އިންސާނިއްޔަތަށް ކުޑަނަމަވެސް ޚިދުމަތްކޮށްދިނުމަށެވެ.

ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައި ވިޔަސް ހާލުގަ ޖެހިފައި ތިބި ބަޔަކަށް އެހީތެރިވުމަށް އިސް ސަފުގަ ތިބޭ ބައެކެވެ. އަވަށްޓެރި ޤައުމުތަކާއި މުސްލިމް ޤައުމުތަކުގެ އިތުރަށް އެހެނިހެން ޤައުމުތަކަށް ކުރިމަތިވާ މިފަދަ އެތަކެއް ހާދިސާތަކުން އަރައިގަތުމަށްޓަކައި ރާއްޖެއިން އަންނަނީ ފައިސާގެ އެހީތެރިކަމާއި މިނޫނަސް އެތަކެއް އެހީތަކެއް ފޯރުކޮށްދެމުންނެވެ.

އިންސާނިއްޔަތުންކަން އިސްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިން އަންނަނީ އަބަދުވެސް ނަމޫނާ ދައްކަމުންނެވެ. މިގޮތުން އައި.އީ.ސީއާއެކު މީގެ ކުރިންވެސް މުޙައްމަދު ޢަލީ ވަނީ އެކި ޤައުމުތަކަށް ދަތުރުކޮށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ކޭމްޕުތައް ހިންގާފައެވެ.

ތުރުކީވިލާތުގެ ދެކުނާއި ސޫރިޔާގެ އުތުރުގެ ސަރަޙައްދަށް އައި ބިންހެލުންތަކުގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 19,000 އަށްވުރެ މައްޗަށް އަރާފައެވެ. މިއަދަދު އަދިވެސް އިތުރުވާނެކަމަށް ބެލެވޭކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ވެއްޓިފައިވާ ޢިމާރާތްތަކުގެ ކޮންކްރީޓްތަކުގެ ދަށުވެފައިވާ އެތަކެއް ހާސް މީހުންނަށް ހޯދައި، އެ މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން ދަނީ ކެނޑިނޭޅި ރޭއާއި ދުވާލު މަސައްކަތް ކުރަމުންނެވެ. އެ މީހުންނަށް އެހީވުމަށް ޢާންމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ޢާއިލާގެ މެންބަރެއް ނުވަތަ އަވަށްޓެރިއެއް ދިރިހުއްޓާ ފެންނާނެ ކަމުގެ ކުޑަނަމަވެސް އުންމީދުގައެވެ.


ގުޅުންހުރި ލިޔުންތައް

ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާރޗް 31, 2023
ފޭކް ޓީޓީ ފޮނުވައިގެން ވިޔަފާރިކުރި މައްސަލަ ތަހްގީގުކުރަން އިންޓަޕޮލްގެ އެހީ ހޯދަނީ

ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް

މާރޗް 31, 2023
ޤާސިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް އައްޔަންކޮށްފި

އާޒިމަކީ ޤާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ނޫން: އިލްހާމް

މާރޗް 31, 2023
ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ. ގެ ޖުރިމަނާއެއް

ގުރައިދޫ ދާއިރާ ބައި އިލެކްޝަން: ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

މާރޗް 31, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In