ބުރާސްފަތި, މާރޗް 30, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މިއީ ރަސްމާދޫ އެންމެ ބޮޑަށް ތަރައްޤީކޮށްދިން ސަރުކާރު: ކައުންސިލް

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 10, 2023
ޚަބަރު
0
މިއީ ރަސްމާދޫ އެންމެ ބޮޑަށް ތަރައްޤީކޮށްދިން ސަރުކާރު: ކައުންސިލް

މި ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކުވެސް ނުހިނގާވަރަށް ފާއިތުވެދިޔަ 4 އަހަރު މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަމަށް ރަސްމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ރަސްމާދޫ ކައުންސިލުން މިކަން ފާހަގަކުރީ ރަސްމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއްޔެ ބޭއްވި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރަސްމާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރ. ރަސްމާދޫ ކައުންސިލުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރަސްމާދޫގައި ނުހިންގާވަރަށް މި ފާއިތުވެދިޔަ ހަތަރު އަހަރުގައި އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، މި ސަރުކާރާމެދު އިތުރު އުންމީދުތަކެއް އޮތް ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރަސްމާދޫ ތަރައްޤީއަށް މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަސްމާދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުކަން ފާހަގަކުރައްވައި، ފްލެޓް އެޅުމަށް ބޭނުންވާކަން ހިއްސާކުރައްވާފައެވެ. މީގެ އިތުރުންވެސް ރަށުގެ މަގުތައް ނުހެދި އޮތުމުން ދިމާވާ ދަތިތަކާއި، އުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަމުގެ އިތުރުން ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ބަނދަރުގައި ރޭމްޕެއް އެޅުމާއި، މޫދަށް އެރޭ ސަރަޙައްދެއްގެ އިތުރުން، ކުޅިވަރު ކުޅުމަށް ބޭނުންކުރަން ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ރައްޔިތުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަސްމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާދޫ ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ކުރިޔަށްގެންދެވޭނެ ކަންކަމަކީ ކޮބައިތޯ ބައްލަވާނެ ކަމަށާއި، އަދި މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ގޮތަކަށް ކަންކަން ނިންމަވައިދެއްވާނެ ކަމުގައި ވިދާޅުވެފަވެ.

މީގެ އިތުރުން ވެސް ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ކަންކަމާއި ތަރައްޤީގެ މުހިންމު ކަންކަން ސަރުކާރުން ކުރިޔަށް ގެންދަނީ ރަށްެރަށުގެ އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރަސްމާދުއަކީ އާބާދީގައި 800 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. ރަސްމާދޫގައި މި ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރޭގައި ރަށުގެ ބަނދަރުގެ މަސައްކަތާއި، އާ އިންޖީނުގޭގެ މަސައްކަތާއި ސްކޫލަށް ޖާގަ އިތުރުކުރުން، ފެނާއި ނަރުދަމާ ފަދަ ތަރައްޤީގެ މަޝްރޫޢުތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އެންމެ ފާހަގަކޮށްލެވޭ ސިޔާސަތެއްގެ ގޮތުގައި ލޯކަލް ކައުންސިލްތަކުން ފާހަގަކުރަނީ އެއްވެސް ތަފާތުކުރުމެއް ނެތި، އާބާދީއަށް ނުވަތަ އޮންނަ ސަރަހައްދަށް ނުބައްލަވާ، ސިޔާސީ ވިސްނުމާއި ދުރުން ތަރައްްޤީގެ މަޝްރޫޢުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ހިންގެވުމެވެ. މި ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގެ ރައްޔިތުންގެ މީގެކުރިން އުއްމީދުނުކުރާވަރުގެ އުމްރާނީ އަދި އިޤްތިޞާދީ ކުރިއެރުންތައް ދަނީ ލިބެމުންނެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅުންހުރި ލިޔުންތައް

އަންހެން ކަބަލުންނަށް އިންސަލްޓްކުރަން މަޖުލީހުގައި ފުރުޞަދު ދީގެން ނުވާނެ، އުސްތާޛް ނިޝާން

ރ.ޞާލިހު މިހާރު އެނައްޓަވަނީ ވެރިކަން ހިމާޔަތްކުރަން ވިއްދާފައިހުރި ލަންކަނިތައް: ނިޝާން

މާރޗް 30, 2023
ބައެއް ވަޒީރުން ހިމެނޭ ގޮތަށް ޖޭޕީގެ ގިނަ ބަޔަކު މިރޭ އެ ޕާޓީން ވަކިވާނެ: ރާއީ

ބައެއް ވަޒީރުން ހިމެނޭ ގޮތަށް ޖޭޕީގެ ގިނަ ބަޔަކު މިރޭ އެ ޕާޓީން ވަކިވާނެ: ރާއީ

މާރޗް 29, 2023
އަނަސް މަރާލި މައްސަލައިގެ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި

އޮފީހެއް ފަޅާލައި 700,000 ރުފިޔާ ނެގި މީހާގެ ބަންދަށް 15 ދުވަސް

މާރޗް 29, 2023
އެމްޑީޕީގެ ނައިބު ރައީސް ކަންބޮޑުނުވާތި، މުސްތަގުބަލު އޮތީ އުޖާލާކޮށް: ނަޝީދު

އެމްޑީޕީގެ ނައިބު ރައީސް ކަންބޮޑުނުވާތި، މުސްތަގުބަލު އޮތީ އުޖާލާކޮށް: ނަޝީދު

މާރޗް 29, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In