ހޮނިހިރު, މާރޗް 25, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޝަރުއީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދޭނަން – ރައީސް

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 10, 2023
ޚަބަރު
0
ޝަރުއީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދޭނަން – ރައީސް

ޝަރުޢީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

”ޤަޟާއީ އަހަރު 2023“ އިފްތިތާހް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އަހަރު ޝަރުއީ ދާއިރާއަށް އޮތީ 440 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް މިއަހަރު ޝަރުއީ ދާއިރާއަށް 605 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައިވާތީ މިއަދަދަކީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު 35 އިންސައްތައިގެ އިތުރުވުމެއް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ޝަރުއީ ދާއިރާގެ އިތުބާރު އެ މައްޗަށް ބިނާވާ މައިގަނޑު އަސާސަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެކަމަށްޓަކައި ފަނޑިޔާރުންގެ ޒަރޫރީ ބޭނުންތައް ހަމަޖެހިފައި ހުރުން ކޮންމެހެން މުހިންމު ކަމަށާއި މާލީ އިނާޔަތްތަކާއި ބޯހިޔާވަހިކަމުގެ މައްސަލައަކީ ކޮންމެހެން ހައްލުކޮށްދޭންޖެހޭ ކަންތައްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ. ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ މިމައްސަލައަށް ލިބޭނެ ހައްލެއް ކަމުގައިވެސް ވިދާޅުވި އެވެ.

”އެބިލު ގާނޫނަކަށްވުމުން، ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފަނޑިޔާރުންނަށް ވަކި އަދަދަކަށް ފްލެޓް ކަނޑައެޅިގެންދާނެ. އެފަދަ މަޝްރޫއުތައް ނެތް ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންގެ ލިވިން އެލަވަންސްގެ މިންވަރުވެސް، ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށް ވުރެ ކުޑަނުވާނެ ގޮތަކަށް ހަމަޖެހިގެންދާނެ،“ ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ފަށާފައިވާ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ނިމިގެން ދާއިރު ޝަރުއީ ދާއިރާގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

”ޤަޟާއީ އަހަރު 2023“ އިފްތިތާހް ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އަހަރު ޝަރުއީ ދާއިރާއަށް އޮތީ 440 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް މިއަހަރު ޝަރުއީ ދާއިރާއަށް 605 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައިވާތީ މިއަދަދަކީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު 35 އިންސައްތައިގެ އިތުރުވުމެއް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ޝަރުއީ ދާއިރާގެ އިތުބާރު އެ މައްޗަށް ބިނާވާ މައިގަނޑު އަސާސަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެކަމަށްޓަކައި ފަނޑިޔާރުންގެ ޒަރޫރީ ބޭނުންތައް ހަމަޖެހިފައި ހުރުން ކޮންމެހެން މުހިންމު ކަމަށާއި މާލީ އިނާޔަތްތަކާއި ބޯހިޔާވަހިކަމުގެ މައްސަލައަކީ ކޮންމެހެން ހައްލުކޮށްދޭންޖެހޭ ކަންތައްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ. ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ މިމައްސަލައަށް ލިބޭނެ ހައްލެއް ކަމުގައިވެސް ވިދާޅުވި އެވެ.

”އެބިލު ގާނޫނަކަށްވުމުން، ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފަނޑިޔާރުންނަށް ވަކި އަދަދަކަށް ފްލެޓް ކަނޑައެޅިގެންދާނެ. އެފަދަ މަޝްރޫއުތައް ނެތް ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންގެ ލިވިން އެލަވަންސްގެ މިންވަރުވެސް، ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށް ވުރެ ކުޑަނުވާނެ ގޮތަކަށް ހަމަޖެހިގެންދާނެ،“ ރައީސް ވިދާޅުވި އެވެ.

އެމަނިކުފަނު ވިދާޅުވީ މެޖިސްޓްރޭޓުންގެ މުސާރަ މިދިޔަ އަހަރު މިސަރުކާރުގައި ބޮޑުކޮށްދީފައިވާނެ ކަމަށެވެ. އަދި އެއީ ހެޔޮ ބަދަލެއް ކަމުގައިވެސް ވިދާޅުވި އެވެ.

”މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާއިރު، ޝަރުއީ ދާއިރާގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ،“ ރައީސް ވިދާޅުވި އެެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަރުއީ ދާއިރާގައި 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ބޭފުޅުންނަށް1 އެބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފަ އެވެ.

Tags: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅުންހުރި ލިޔުންތައް

ރިޔާސީ ޓިކެޓް ނާޒިމް އާއި ހަވާލު ކުރުން މެއި ފަހެއްގައި

ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް އަވަސްކުރަން ގޮވާލައި އެމްއެންޕީގެ ސިޓީއެއް ރައީސަށް

މާރޗް 25, 2023
ދީނާއި ޤައުމިއްޔަތު ދޫނުކޮށް ހިފެހެއްޓުމަށް ޤާސިމް ގޮވައިލައްވައިފި

ޤާސިމް އިބްރާހިމް އަވަހާރަނުވެގެން ބަޔަކު އެބައުޅޭ

މާރޗް 25, 2023
މޮޓޯކޭޑަށް ހުރަސްއަޅައިގެން ހައްޔަރުކުރީ ހަތަރު މީހުން

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ: އިތުރު މީހަކު ހައްޔަރުކޮށްފި

މާރޗް 25, 2023
ޖެންޑާ މިނިސްޓްރީއަށް ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޖެންޑާ މިނިސްޓްރީއަށް ފިލްމެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

މާރޗް 25, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In