އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ކުރި މުޒާހަރާގެ ތެރެއިން 08 މީހުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ޑިސެމްބަރު މަހު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވި ދުވަހުން ފެށިގެން ޕީޕީއެމް/ޕީއެންސީން އަންނަނީ އެމަނިކުފާނު މިނިވަންކުރަން ގޮވާލައި ކޮންމެ ރެއަކު ވެސް އަޑުއުފުލަމުންނެވެ.
އެ ގޮތުން މިރޭ ވެސް ވަނީ މުޒާހަރާކޮށްފައެވެ.
ޕީޕީއެމްއިން ބުނީ ކުރި މުޒާހަރާގެ ތެރެއިން 08 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) ވެސް ހިމެނިވަޑައިގަންނަވައެވެ.