ދަރިވަރުންގެ ތަރުބަވީ ނިޒާމުގެ ނައު ހުރީ ރަނގަޅު މިސްރާބަށްތޯ ކަށަވަރުކުރަން ޖެހިއްޖެކަމަށް ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިޚް ސަމީރު މިހެން ވިދާޅުވީ ބައެއް ދަރިވަރުންގެ އަޚްލާޤު މިއަދު ހުރި ގޮތުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޝައިޚް ވިދާޅުވީ މުސްތަގުބަލުގައި ޤައުމު އޮންނާނެ ގޮތް އެންމެ ސާފުކޮށް ދައްކުވައިދޭ ދުރުމިއަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން ނިކުންނަ ދަރިވަރުންގެ އަޚްލާޤު ކަމަށެވެ.
ދަރިވަރުންގެ އަޚްލާޤާމެދު ކަންބޮޑުވުން އިތުރުވަމުންދާއިރު, ތަރުބަވީ ނިޒާމުގެ ނައު ހުރީ ރަނގަޅު މިސްރާބަށްތޯ ކަށަވަރު ކުރަން ޖެހިފައިވާ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
މިސްރާބު ހުރިދިމާވަރަށްސާފު ދަރިފުޅު ސުކޫލުން ގެޔަށް އައިސް މިބުނަނީ ބައްޕާއޭ ކުދިން އަޅުގަނޑު މޫނަށް ވޭޕްބޮއެފަ ދުންފޮނުވަނީޔޭ މިކަމާހެދި ސުކޫލު ފާހާނާ ބޭނުން ކުރާކަށް ނުކެރެޔޭ