ކިތަންމެ ބޮޑު ތުނބުޅިއެއް ލައިގެން ހުއްޓަސް ހިންދޫންނަށް ބިން ވިއްކުމާ ދެކޮޅަށް އަޑު ނުއުފުލައި ހުންނާނީ ޚާއިނެއްކަމަށް ޝައިޚް ޒަމްޒަމް ފާރިޝް މިއަދު ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވެފައި މިވަނީ ބީލަމުގެ އުސޫލުން ތިލަފުށިން ބިން ދޫކުރަން ނިންމާފައިވާއިރު، ބޭރު މީހުންނަށް 99 އަހަރަށް ކުއްޔަށް ދޫކުރަން ހަމަޖައްސާފައިވާތީ އެކަމާ ގުޅިގެން ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.
ޝައިޚް ވިދާޅުވީ ދިވެހި ބިންތައް ހިންދޫންނަށް ވިއްކުމާ ދެކޮޅަށް ތެދުވުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށެވެ. އަދި އެކަމާ ހަނު ހުންނަ ކޮންމެ މީހަކީ އިސްލާމީ އުންމަތުގެ ޚާއިނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކިތަންމެ ބޮޑު ތުނބުޅިއެއް ލައިގެން ހުއްޓަސް ނުވަތަ މަތިމައްޗަށް ސަތޭކަ މޫނު ބުރުގާ އަޅައިގެން ހުއްޓަސް އެކަމާ ދެކޮޅަށް އަޑުނުއުފުލާ ހުންނަނަމަ އެވާނީ ޚާއިނެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މުނާފިގު
ކަނޑައެޅިގެން ވަކިބަޔަކު ލޭބަލް ކުރީމަ ޝައިޚް ގެ އިޙްލާޞްތެރި ކަމާމެދު ސުވާލު އުފެދޭ ދެއްތޮ….؟ ަ
Mikamuge thereah ves dheen vehdheythoa mi thunbulhi lee fasaadha group mi balanee. Islaamakah viyas beyru meehunnah bid kohgen rajjeyge bin vihkigen nuvaane.