ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ގަޟާއީ އާ އަހަރު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފަނޑިޔާރުގޭގެ ޒިންމާއަކީ އެންމެހާ ފަރުދުންގެ މެދުގައި ޢަދުލު އިންސާފު ގާއިމުކޮށްދިނުން ކަމަށާއި އަނިޔާއިން އެއްކިބާވެ ޢަދުލަށް ނިޔާ ކަނޑައަޅައި ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުން ކަމަށެވެ.
”އެ ޒިންމާ އަދާކުރެވޭނެ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ ފަނޑިޔާރުންގެ އެންމެ އިސް އަމާޒުކަމުގައި ހަދައިގެން. އެ އަމާޒު ހާސިލުކުރެވޭނީ ފަނޑިޔާރުންގެ ޙުކުމްތައް ބިނާކުރާ މަސްދަރަކީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ކަމަށް ހަދައިގެން.“
އެ މިނިވަންކަމާއި ބާރު ރާއްޖޭގެ ޤާނޫނުއަސާސީން އޮތީ ފަނޑިޔާރުގެއަށް ދީފައިކަމަށް ރައީސް ވިދާޅުވިއެވެ. އަި ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާއެކު މުސްތަގިއްލު ބާރެއްގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ.“
ފަނޑިޔާރުގެއާމެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަނޑިޔާރުގޭގެ ނިންމުންތަކާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވެއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަރާނހުކުމް ކުރާކަމަށް ވެްޏާ ރަގަޅުގޮއި ބުނެދެއްޖެހޭނެ ވެރިމީހަގެ ތަސަށްރަފު ނުފުދޭކަމުން ތިހެން ބުނަށްޖެހެނި