ހުކުރު, މާރޗް 24, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ސިވިލް ސަރވިސް ކޮމިޝަނުން ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަމަށް ކަނޑައަޅައިފި

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 9, 2023
ޚަބަރު
0
ޕީއެސްގެ މަޤާމުން މުސްއަބު ވަކިކުރީ ޤާނޫނާ ޚިލާފަށް، ބަދަލުގެ ގޮތުގައި އެއް މިލިއަން ދޭން ޙުކުމްކޮށްފި

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާރމަނަންޓް ސެކްރެޓަރީ މުޞްޢަބަށް ބަދަލު ދިނުމަށް އެންގި މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަނުން ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ހައިކޯޓުން މިއަދު ބުނެފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއްގައި ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު މުޞްޢަބު މަޤާމުން ވަކިކުރީ ސެޕްޓެމްބަރު 2019 ގައެވެ.

މުޞްޢަބު މަޤާމުން ވަކިކުރި މައްސަލައިގައި 1,187,666.60 ރ. ގެ ބަދަލެއް ދޭން މިދިޔަ އަހަރު ހައިކޯޓުން އެންގިއެވެ. ނަމަވެސް އެ ފައިސާ ނުދޭތީ ތިން ދުވަސްތެރޭގައި ފައިސާ ދައްކަން މިދިޔަ ނޮވެމްބަރުގައި ސިވިލް ކޯޓުން ޢަމުރެއް ނެރުނެވެ.

ސިވިލް ކޯޓުން ނެރުނު ޢަމުރު ސީއެސްސީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ ގޮތުން މުޞްޢަބުގެ ފަރާތުން އެދުނީ ސީއެސްސީން މައްސަލަ އިސްތިއުނާފުކުރީ ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ގޮތުން ކަމަށް މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ކަނޑައަޅައިދިނުމަށެވެ.

ހައިކޯޓުން ކުރި ޙުކުމުގައި ބުނީ ކޯޓެއްގެ ޙުކުމަކަށް ޢަމަލުކުރުން ހުއްޓުވޭނީ މަތީ ކޯޓެއްގެ ޢަމުރު އޮވެގެން ކަމަށެވެ. ނަމަވެސް ޙުކުމާ އެއްގޮތަށް މުޞްޢަބަށް ދޭންޖެހޭ ފައިސާނުދީ ސީއެސްސީން ތިބީ އެފަދަ ޢަމުރެއްނެތި ކަމަށް ޙުކުމުގައިވެއެވެ. އަދި ސިވިލް ކޯޓުން އެ ފައިސާ ތިން ދުވަހުގެތެރޭގައި ދިނުމަށް ސީއެސްސީގެ މައްޗަށް ޢަމުރު ނެރުމުން، ޤާނޫނީ އެއްވެސް ބަހުސެއްނެތި އެ ކޮމިޝަނުން ސިވިލް ކޯޓުގެ ޢަމުރު އިސްތިއުނާފުކުރީ ހެޔޮ ނިޔަތެއްގައި ކަމަށް ނުބެލެވޭ ކަމަށް ވެސް ޙުކުމުގައިވެއެވެ.

”މި މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ފަރާތުން ޝަރީޢަތުގެ އިޖުރާޢަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަމަށް ބުރަވެވޭތީ އިސްތިއުނާފުކުރި ފަރާތުގެ އެ އަމަލުގެ ސަބަބުން އިސްތިއުނާފު ރައްދުވި ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ބ) ގެ 4 ވަނަ ނަންބަރުގެ ދަށުން ޤާނޫނީ ވަކީލުގެ ފީ ނަގައިިދިނުމަށް އެދިފައިވާ އެދުމަށް ބަލާާއިރު ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ޚަރަދުކުރި ކަމަށް ބުނާ 30000 ރ. އެ ގޮތުގެ މަތިން ޚަރަދުކޮށްފައިވާކަން ޝަރީޢަތައް ސާބިތުވާން ނެތަތީ މި މައްސަލައިގެ ތެރެއިން އެ ޚަރަދު ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައި….“ ޙުކުމުގައިވެއެވެ.

ނަމަވެސް ޝަރީޢަތުގެ ޚަރަދު ހޯދުމަށް އެދި މުޞްޢަބު ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ, މަދަނީ އިޖުރާޢަތުގެ ޤާނޫނުގެ 25 ވަނަ ބާބުގައި ބަޔާންކުރާ ޝަރީޢަތުގެ ޚަރަދު ނަގައިދިނުމާބެހޭ އުސޫލުގެ ދަށުން ސީއެސްސީގެ ކިބައިން ޝަރީޢަތުގެ ޚަރަދު ހޯދުމުގެ ޙައްޤު މުޞްޢަބަށް ލިބިގެންވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މުޞްޢަބަށް 1.1 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ހައިކޯޓުން ކުރި ޙުކުމުގެ މައްސަލަ މިހާރު އޮތީ ސްޕްރީމް ކޯޓުގައެވެ. އެ މައްސަލަ އެ ކޯޓުގައި އޮތުމުން ބަދަލުގެ ފައިސާ ދޫކުރުން މަޑުޖައްސައިލަން އެ ކޯޓުން ވަނީ ޢަމުރެއް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލުކުރަނީ

މާރޗް 24, 2023
އެމްއެމްޕީއާރްސީގެ ޚިޔާނާތް: ސަރުކާރަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ނުބަލާކަމަށް ވިދާޅުވެއްޖެ

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވޭވަރަށްވުރެ ސަރުކާރު ބަލިކަށިވެއްޖެ: އާދަމް ޝަރީފް

މާރޗް 23, 2023
ޖޭޕީން ވާދަކުރަން ނިންމީ މި ސަރުކާރުގެ އަމަލުތަކާ ހެދި ގައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ރާއްޖޭގެ މިސްރާބު ހުރީ އަޅުވެތިކަމާ ދިމާއަށް: އިޤްބާލު

މާރޗް 23, 2023
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން: ނަޝީދު

މާރޗް 24, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In