މިސްރުގައި ބޭއްވި 29 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 02 ވަނަ ހާސިލުކުރި ފާޠިމަތު ޝާޔާ ޒާހިރަށް، އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީ މަރުހަބާ ވިދާޅުވެއްޖެެއެވެ.
އެކި ޤައުމުތަކުގެ 47 ދަރިވަރުންނާ ވާދަކޮށްގެން ހޯދި ކާމިޔާބީއަށްފަހު, ޝާޔާ މާލެއައީ މިއަދު ހެނދުނުގެ ވަގުތެެއްގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޝާޔާއާއި ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ޝާޔާ ހޯދި ކާމިޔާބީއަކީ ރާއްޖެއަށް ހޯދައިދެވުނު ޝަރަފެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ޝާޔާގެ މައިންބަފައިން ކުރައްވަމުންދާ ބުރަ މަސައްކަތަކަކީ ވަރަށް އަގުހުރި ހެޔޮޖަޒާދެއްވާނެ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
އިސްކަންދަރު ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ 14 އަހަރުގެ ޝާޔާއަކީ ކީރިތި ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލުކޮށްފައިވާ ކުއްޖެކެވެ.
މުބާރާތުން ދެވަނަ ލިބުމުން ޝާޔާއަށް އިނާމެއްގެ ގޮތުގައި ވަނީ 150000 މިސްރު ޕައުންޑް ލިބިފައެވެ.