މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެ ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ސްކާޑާގެ އެންމެ ފަހުގެ ޓެސްޓްތައް ހެދުމަށްޓަކައި މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދެމެދު މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދަކުން 10 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މާލެއިން ޚިދުމަތް މެދުކެނޑޭނެ މަގުތައް:
މަޖީދީމަގާއި
ޗާންދަނީމަގު
ކުދީނާގޯޅި
ކުދިރަތްމާ ގޯޅި
ދިލްބަހާރު މަގު
ދިލްބަހާރު ގޯޅި
އަލިކިލޭގެފާނު މަގު
ސަހަރާ މަގު
ނިޔަނދުރުގޯޅި
ރާދަފަތި ހިނގުން
ބޮޑުރަސްގެފާނު މަގު
ހުވަފެނީގޯޅި
ދޮނަދަރާދަ ހިނގުން
ހުޅުމާލެއިން ޚިދުމަތް މެދުކެނޑޭނެ މަގުތައް:
ފިލިގަސްމަގު
ނިރޮޅުމަގު
ކަނީރުމަގު
ރީތިގަސް ހިނގުން
ކެލާ މަގު
ކާނިމަގު
ނިރޮޅުމަގު ގޯޅި 19 އަދި 20
ޗަނބޭލީމަގު ގޯޅި 4،5،6،7 އަދި 9
ބުރެވިގަސް މަގު
ހަލަވެލި މަގު
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.