ސިނަމާލެ ބުރިޖު މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
މި އެކްސިޑެންޓް ހިނގީ ސިނަމާލޭ ބުރިޖުގެ ހައިވޭގައި ދަތުރުކުރި ކާރަކާއި ސައިކަލެއް ޖެހިއެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި މީހާ ޗިސްޗިސްވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓްގައި ސައިކަލު ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު ކާރަށް ވެސް ވަނީ ގެއްލުންވެފައެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.