ހުވަދު އަތޮޅުގެ ރަށެއްގައި ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހެޅީ މި މަހުގެ 01 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައިގައި މި މަހުގެ 06 ވަނަ ދުވަހު ޢުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް މި މަހުގެ 07 ވަނަ ދުވަހު ކޯޓުން ޢަމުރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ފުލުހުންގެ އިދާރާއިން އެ މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.