ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް މަޖިލީހުގެ ރިޔާސަތުން ހައްދަވައިފި ކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ތިން އަހަރަކީ މީގެކުރިން ދުވަހަކު ވެސް ނުހިނގާ މިންވަރަށް، މަޖިލީހުގެ ގަވާއިދަށް ބެލުމެއްނެތި ކަންކަން ހިންގި ތިން އަހަރު ކަމަށެވެ.
އެ ގޮތުން ރިޔާސަތުން ރުއްސަވާ މެންބަރުންނާއި ނުރުއްސަވާ މެންބަރުންނާ ދެމެދު ތަފާތުކުރުނ ހައްދުން ނައްޓާފައިވާ ކަމަށާއި އެންމެ އިސްކަމެއް ދެނީ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މަޖިލިސް ބޭނުން ކުރަންޖެހޭނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށާއި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކަމަށެވެ. އަދި މުޅި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށެވެ. ނަމަވެސް ރިޔާސަތުން މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހައްދަވައިފި ކަމަށް ޝަރީފް ވިދާޅުވިއެވެ.