މިއަދު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓީއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަދުގެ އެކި ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރައިގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށެވެ.
ދެކުނުގެ ސަރަހައްދުތަކަށް ވިއްސާރަވި ނަމަވެސް ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ވައިޖެހޭނީ ހުޅަނގުއުތުރާއި އުތުރުން،ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ ސަރަހައްދުތައް ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
ދެކުނުގެ ސަރަހައްދުތަކަށް ވިއްސާރަވި ނަމަވެސް ކުރިއަށް އޮތް ދުވަސްކޮޅުގައި ރާއްޖޭގެ އެކި ސަރަހައްދުގެ މޫސުން ރަނގަޅުވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ އިޝާރާތްކޮށްފައެވެ.