ސަންފުލާވާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤްބޫލު މަލެކެވެ. ޙާއްސަކޮށް ޒުވާން އަންހެން ކުދިންގެ މެދުގައި ވަރަށް ފޯރި ހުންނަ މަލެކެވެ. ލޯބިވެރިޔާ އަށް ވުރެ ސަންފުލާވާދެކެ ލޯބިވާ ކުދިން ވެސް މިހާރު މަދެއްނޫނެވެ.
މިހެން ނުވާންވީ ސަބެބެއްވެސް ނެތެވެ. ރީނދޫ ކުލައިގެ އެ މަލަކީ ޗާލު އެހާމެ ޞިއްޙަތަށްވެސް އެތަކެއް ފައިދާކުރާ މަލެކެވެ. ސަންފުލާވާގެ އޮށުގައި ހަށިގަނޑަށް ފައިދާކުރާ އެތައް މިނަރަލާއި ވިޓަމިންސް އަދި ތެލުގެ ބާވަތްތައް ހިމެނެއެވެ. އެހެންކަމުން ސަންފުލާވާދެކެ ލޯބިވުން ޙައްގު އެހެންނޫންތޯ؟
އާދައިގެ ޖޯޑެއްގެ ސަންފުލާވާގެ އޮށުގައި ދުވާލެއްގެ މައްޗަށް ބޭނުންވާ ވިޓަމިން އީގެ 60 އިންސައްތަ ހުންނަކަމަށް ވެއެވެ. ހަށިގަނޑަށް ބޭނުންވާ އަދަދަށް ވިޓަމިން އީ ލިބޭނަމަ ހިތުގެ ބަލިތަކުގެ މީހާ ދުރުކޮށްދޭނެއެވެ. ވިޓަމިން އީ އިން މީހާގެ ސިކުނޑީގެ ޞިއްޙީ ދުޅަހެޔޮކޮށްދެއެވެ. ސެލެނިއަމްވެސް މާއްދާ އިން މިހާގެ ހަންގަނޑު ރަތްވުމާއި ދުޅަވުންފަދަ ކަންކަމުން ދުރުކޮށްދޭނެއެވެ.
ޕޮލޭޓް މާއްދާ އިންވެސް ކުޑައިރުން ފަށައިގެން މުސްކުޅި އުމުރަށް ދަންދެން މީހާގެ ކާޑިއޯވަސްކިއުލާ ޞިއްޙަތު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެއެވެ. ފޮލޭޓް އިން ހަށިގަނޑުގައި ކާޑިއޯވަސްކިއުލާގެ މައްސަލަތައް ކުރިމަތިކުރުވާ މާއްދާއެއް ކަމަށްވާ ހޯމޯސައިސްޓީން ދުޅަހެޔޮ މާއްދާއެއް ކަމަށްވާ މިތިއޯނައިންއަށް ބަދަލުވުމަށް އެހީތެރިވެދޭނެއެވެ.
މޫޑު ރަނގަޅު ކުރުމަށްވެސް ބޭނުންކުރެވިދާނެސަންފުލާވާގެ އޮށުގައި ހިމެނޭ މެގްނީޒިއަމް އިން މީހާގެ މޫޑު ނުވަތަ އުދާސްކަން ކަނޑުވާލުމަށް ސަންފުލާވާގެ އޮށުން އެހީތެރިވެދެއެވެ. މީގެ ސަތޭކަ ވަރަކަށް އަހަރު ކުރިން ޑިޕްރެޝަންއަށް ގޮސްފައިވާ ޕޭޝަންޓުންނަށް ފަރުވާއެއްގެ ގޮތުގައި މެގްނީޒިއަމް ސަލްފޭޓުދީފައިވެއެވެ.
މެގްނީޒިއަމް ސަލްފޭޓުގެ ދުޅަހެޔޮކަމާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި މިހާރުވެސް މެގްނީޒިއަމްގެ މާއްދާ ބޭސްވެރިކަމުގެ ދާއިރާގައި ބޭނުންކުރެއެވެ.ހަށިގަނޑަށް ފައިދާވާ ކޮލެސްޓްރޯލް ލިއްބައިދޭސަންފުލާވާގެ އޮށުގައި ގިނަ އަދަދަކަށް ފިޓޯސްޓެރޯލްސް އެކުލެވިގެންވެއެވެ. ފިޓޯސްޓެރޯލްސްގައި ޞިއްޙަތަށް ފައިދާކުރާ ކޯލެސްޓްރޯލްއާއި އެއްގޮތް މާއްދާއެއް އެކުލެވެއެވެ.
މީގެ އިތުރުން ސަންފުލާވާ އޮށުގައި ގިނަ އަދަކަށް މެގްނީޒައަމްވެސް އެކުލެވެ އެވެ.