ބުރާސްފަތި, މާރޗް 30, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ގުރައިދުއަށް 21 ވަނަ ގަރުނު ގެންނަން ތަރައްޤީގެ ވިސްނުމާއެކު ނާޒިމް އަންނަނީ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 8, 2023
ޚަބަރު
0
ގުރައިދުއަށް 21 ވަނަ ގަރުނު ގެންނަން ތަރައްޤީގެ ވިސްނުމާއެކު ނާޒިމް އަންނަނީ

ފޮޓޯ: އެމްއެންޕީ

ކ.ގުރައިދުއާ ދޭތެރޭގައި އެއްވެސް ސަރުކާރަކުން އަޅައިނުލާ ކަމަށާއި ގުރައިދޫ އޮތީ ވަރަށް ނިކަމެތިކޮށްލާފައި ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީ ގުރައިދޫ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނާޒިމް ވިދާޅުވީ ގުރައިދުއާ ދޭތެރޭގައި އެއްވެސް ސަރުކާރަކުން އަޅައިނުލާ ކަމަށާއި އެ ރަށް ވަރަށް ނިކަމެތިކޮށްލާފައިވާ ކަމަށެވެ. ގުރައިދޫ އޮތީ 19 ވަނަ ގަރުނުގައި ކަމަށާއި އެއްވެސް ސަރުކާރަކަށް އެ ރަށަށް 21 ވަނަ ގަރުނެެއް ނުގެނެވުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.

”މި ރަށަކަށް އެއްވެސް ސަރުކާރަކަށް 21 ވަނަ ގަރުނެެއް ނުގެނުވުނު.“

”އަޅުގަނޑަށް ވަރަށް ގިނަ ގޭގެއަށް ދެވިއްޖެ. ވަރަށް ގިނަ މީހުނާ ބައްދަލުކުރެވިއްޖެ. އަޅުގަނޑަކަށް ހަމަ އެކަކު ވެސް ނުފެނުނު އެ މީހުންގެ ހިތްހަމަޖެހުން އޮތް މީހަކު. ބައްދަލުކުރެވޭއިރު ސިއްހީ ފަރުވާއަކަށް ބޭނުންވެފަ. ކަރަންޓު ބިލު ދެއްކޭނެފަދަ ނެތިފަ. ފެންބިލު ދެއްކޭނެފަދަ ނެތިފަ. ދެ އަހަރު ތިން އަހަރު ދުވަސް މި ބިލުތައް އަތުގަ ބެހެއްޓިފަ.“ ނާޒިމް ވިދާޅުވިއެވެ.

ދަނގެތީ ދާއިރާގެ މެންބަރު އިތުރަށް ވިދާޅުވީ ޒުވާނުން ވެސް ތިބީ ވަަރަށް ބޮޑަށް ބިކަވެފައި ކަމަށާއި އެ މީހުންނަށް އެ މީހުންގެ ވިޔަފާރިތައް ވެސް ފެށޭނެ ގޮތެއް ނެތިފައި ކަމަށެވެ. އަދި ފަށަން ހުރި ވިޔަފާރިތައް މިއަދު ވަނީ ހަލާކުވެފައި ކަމަށާއި ނަގާފައި ހުރި ލޯނުތައް ދެއްކޭނެ ގޮތް ނެތިފައިވާ ކަމަށެވެ.

”އެ މީހުން ދުއްވަމުން ދިޔަ ލޯންޗުތައް ހުރީ ބަނދަރުގަ ބެހެއްޓިފަ. އެ މީހުން ހަދާފަ ހުރި ގެސްޓުހައުސްތައް މިވަނީ ހުއްޓާލަން ޖެހިފަ.“

”މުޅި ރަށް މިވަނީ ބިކަވެ ނިކަމެތިވެފަ. މިކަމާމެދު ވޭތުވެދިޔަ ސަރުކާރުން އަޅައިލި ތަނެއް ނުފެނޭ. މި ސަރުކާރުން އަޅައިލާ ތަނެއް ނުފެނޭ.“ އެމްއެންޕީގެ ރައީސް ވިދާޅުވިއެވެ.

ވިދާޅުވީ ރަށުގެ ތަރައްޤީއަކީ ރަށް ހިއްކައިގެން ލިބޭ އެއްޗެއް ނޫން ކަމަށާއި ރަށުގެ ތަރައްޤީއަކީ ބަނދަރެއް ހަދައިގެން ލިބޭ އެއްޗެއް ވެސް ނޫން ކަމަށެވެ. އަދި ރަށުގެ ތަރައްޤީއަކީ ފެނާއި ނަރުދަމާ އަޅައިގެން ހަދައިގެން ލިބޭ އެއްޗެއް ވެސް ނޫން ކަމަށެވެ.

ގުރައިދޫގައި ބަނދަރެއް ވެސް ހަދާފައިވާ ކަމަށާއި ބިން ވެސް ހިއްކައިފި ކަމަށާއި އެކަމަކު އެކަން ކުރުމުގައި ވައްޓަފާޅިއެއް ނެތުމުން ރަށުގެ ރައްޔިތަކަށް ލިބެންޖެހޭ ނަފާއެއް ނުލިބޭކަމަށް ނާޒިމް ވިދާޅުވިއެވެ.

”ހިއްކާފައި އޮތް ބިމުން ގޯތިދެވޭނެ ގޮތެއް އަދިއެއް ނުހެދޭ. ލޭންޑް ޔޫޒް ޕްލޭނެއް ނުނިމޭ.“ އެ ތަނުން ދެވޭނެކަމަށް ލަފާކުރެވެނީ 400 ގޯތި ކަމަށާއި ނަމަވެސް އެއީ އެ ރަށަށް ބޭނުންވާ މިންވަރަށްވުރެ މަދުކަން ފާހަގަކުރައްވައި މަޖިލީހުގެ މެންބަރު ވިދާޅުވިއެވެ.

”އަޅުގަނޑު މި އަންނަނީ މި ރަށަށް ތަރައްޤީ ގެނައުމުގެ ވިސްނުމެއް ހިފައިގެން. އަޅުގަނޑަށް ފެނޭ މި ރަށުގަ ތަރައްޤީ ވާތަން. މި ރަށުގެ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތް އަޅުގަނޑުމެންނަށް އެބަފެނޭ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ ތަރައްޤީ ގެނެވޭނެ.“

ނާޒިމް ވަނީ ގުރައިދޫގެ ގެސްޓުހައުސް ވިޔަފާރިއަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސިޔާސަތަކީ ގެސްޓުހައުސް ހަދަން ބިން ދިނުމެއްނޫން ކަމަށާއި ލާރި ދައްކާ ގޮތަށް ގެސްޓުހައުސް ހަދާފައި ދެއްވާނީ ކަމަށެވެ.

”އަޅުގަނޑުމެން ގެސްޓުހައުސް ހަދާފައި ޒުވާނުން އަތަށް ދޭނީ ތަޅުދަނޑި.“

އެމްއެންޕީ އުފައްދައިގެން މަސައްކަތް ކުރަމުން މިދަނީ ދިވެހިންނަކީ އުފާފާގަތިކަމުގައި އުޅޭ ބައެއް ކަމަށް ހެދުމަށް ކަމަށާއި ފުދުންތެރި ބަޔަކަށް ހެދުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

”އެ މީހުންނަކީ އެ މީހުން ނިދާލާފައި އޮންނައިރު އުފަލާއި އަރާމާއި އެ މީހުންގެ ޢާއިލާއާއެކީ ހޭދަކުރެވޭ ބަޔަކަށް ހެދުމަށް. އަޅުގަނޑުމެން މި ބަލަނީ އެ މީހުންގެ ބޭންކު އެކައުންޓުތަކަކީ ހިތްހަމަޖެހޭ ވަރަށް ފައިސާ ހުންނަ އެކައުންޓުތަކަކަށް ހެދުމަށް.“ އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

Tags: އެމްއެންޕީމެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް

ގުޅުންހުރި ލިޔުންތައް

އަންހެން ކަބަލުންނަށް އިންސަލްޓްކުރަން މަޖުލީހުގައި ފުރުޞަދު ދީގެން ނުވާނެ، އުސްތާޛް ނިޝާން

ރ.ޞާލިހު މިހާރު އެނައްޓަވަނީ ވެރިކަން ހިމާޔަތްކުރަން ވިއްދާފައިހުރި ލަންކަނިތައް: ނިޝާން

މާރޗް 30, 2023
ބައެއް ވަޒީރުން ހިމެނޭ ގޮތަށް ޖޭޕީގެ ގިނަ ބަޔަކު މިރޭ އެ ޕާޓީން ވަކިވާނެ: ރާއީ

ބައެއް ވަޒީރުން ހިމެނޭ ގޮތަށް ޖޭޕީގެ ގިނަ ބަޔަކު މިރޭ އެ ޕާޓީން ވަކިވާނެ: ރާއީ

މާރޗް 29, 2023
އަނަސް މަރާލި މައްސަލައިގެ ދައުވާގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި

އޮފީހެއް ފަޅާލައި 700,000 ރުފިޔާ ނެގި މީހާގެ ބަންދަށް 15 ދުވަސް

މާރޗް 29, 2023
އެމްޑީޕީގެ ނައިބު ރައީސް ކަންބޮޑުނުވާތި، މުސްތަގުބަލު އޮތީ އުޖާލާކޮށް: ނަޝީދު

އެމްޑީޕީގެ ނައިބު ރައީސް ކަންބޮޑުނުވާތި، މުސްތަގުބަލު އޮތީ އުޖާލާކޮށް: ނަޝީދު

މާރޗް 29, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    ސަލްމާން ޙާންއަށް އެތައް ބައެއްގެ ފާޑު ކިޔުން

    0 shares
    Share 0 Tweet 0
  • ހަޤީޤީ ހާދިސާ: ދެމަފިރިންގެ ދާނުގައި އޮތް ޖިންނި ހަރުފަ

    0 shares
    Share 0 Tweet 0
  • ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރަން މިރޭ ހަވާއަރުވަނީ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ފެރާރޯ ޗީޒް ކޭކް

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In