އެމްޑީޕީތެރޭގައި އިތުރު ފިކުރެއް ނުދިރުވޭނެ ކަމަށް އެ ޕާޓީއާ ދާދިފަހުން ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) މިއަދު ވިދާޅުވެއްޖެއެވެ.
މޫސަ ވިދާޅުވީ ޕާޓީ އުފެއްދުމުގެ ބޭނުމަކީ ސިޔާސީ ހުރިހާ ބާރުތަކެއް އެކަކު ފައިދަށުލައިގެން ހުރުން ނިމުމަކަށް ގެނައުން ކަމަށެވެ. ނަމަވެސް ރާއްޖޭގައި ޕާޓީތަކުގައި ތިބޭ މަދު ބައެއްގެ ސަބަބުން ރަސްކަމުގެ ސަގާފަތް އާލާވެ ޕާޓީތަށް ވެސް އެކަކުގެ ފިކުރަށްވެ އެ މީހާގެ ރުހުންނެތި ވެރިކަމަށް ވެސް މީހަކު ނެރެން ތިބެނީ ބިރުން ކަމަށެވެ.
މޫސަ ވިދާޅުވީ އެތައް އަނިޔާއެއް, އެތައް ބުރައެއް އުފުލި އެތައް ބައެއްގެ ބުރަ މަސައްކަތުން އުފެއްދި އެމްޑީޕީ ފުރޮޅައިލަން މި އުޅެނީ އެންމެ މީހެއްގެ ފިކުރެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމަށް އާނބަސް ބުނެފިނަމަ ބާޣީއަކަށް ވެސްނުވާ ކަމަށެވެ.
މީގެއިތުރުން މޫސަ ވިދާޅުވީ ވެރިކަމާ ހެދި ބޫތުކައިފައި ހުރި މީހަކު އަސްލު އެމްޑީޕީއޭ ބުނުމަކުން ކުޑަކޮށް ވެސް ހައިރާނެއް ނުވާ ކަމަށެވެ. އަދި އެމްޑީޕީ ތެރޭގައި އިތުރު ފިކުރެއް ދިރުވަން ލާހިކު ކުޅަދާނައެއް ނޫން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
Moosa ah hama saabas. Kenereegey buhlhabey beynunhaa gotheh mdp ah hedhigen nuvaane.
ހަޔާތްމަދު މީހާ ސަރުކާރަށް ދައްކަންޖެހޭ ލާރިގަނޑު ދައްކާފަ ފިކުރާމެދު ވިސްނަބަލަ