ސްޓެލްކޯއިން ކޮންފަޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީގެ ވިޔަފާރިވެރިންގެ ވަފުދަކާއި ބައްދަލުކޮށްފިއެވެ.
މިއަދު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ލަތީފާއި, އެ ކުންފުނީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޓެލްކޯއިން ބުނީ އެ ބައްދަލުވުމުގައި އިޔާދަކުރުވަނިވި ހަކަތައާއި ފެނާއި ނަރުދާމާގެ ދާއިރާއިން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެއިތުރުން ކުނި މެނޭޖުކުރުމުގެ ދާއިރާއިން ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
Mihaaru stelco ves India ge company akah veemabaa emeehunnaa bahdhalu kuraan mi jehenee.
އަނެއްކާ މާލޭގެ މަގުމަތިން ފެންނަން ފަށާނީ އޯވަރހެޑްލައިން ދަމާ މަނަވަރު ހެން ހީވަނީ