މައްޗަންގޯޅީގައި ހުރި މިސްކިތަކަށް ދިޔަ ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުންގެ އޮފިޝަލަކު ”ދިޑެއިލީ“ އަށް ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ދީފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއިން އެ މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މައްޗަންގޯޅީގައި ހުރި މިސްކިތަކަށް ދިޔަ ކުއްޖަކަށް ބިދޭސީއަކު ޖިންސީ ފުރައްސާރަކުރީ އިއްޔެގެ ވަގުތެއްގައެވެ.
އޭނާ ހިފަހައްޓާފައިވަނީ އެ ކުއްޖާއަށް ޖިންސީ ގުނަވަން ދައްކައިގެން ހުއްޓައި, އެހެން ކުއްޖަކަށް އެ މަންޒަރު ފެނިގެން މިސްކިތުގައި ތިބި މީހުންގެ ސަމާލުކަމަށް އެކަން ގެނައުމުން އެ މީހުންނެވެ.