ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޖިމް ހުޅުވައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖިމް ހުޅުވައިދެއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
ޕާކިސްތާނުގެ ސަރުކާރުން ދިން ހިލޭ އެހީގެ ދަށުން ގާއިމުކުރި ޖިމް ހުންނާނީ މަޖިލީހުގެ އިދާރާގެ 12 ވަނަ ފަންގިފިލާގައެވެ.
މި ޖިމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ބޭނުންކުރުމަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ ޖިމެކެވެ.
