އއ.އުކުޅަހު ސްކޫލްގެ 4 ކްލާސްރޫމް ޢިމާރާތުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ހަވާލުކުރީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކޮށްފައެވެ.
ބަދަހި އިންވެސްޓްމެންޓާ މި މަސައްކަތް ހަވާލުކުރީ 4,996,681.38 ރ. އަށެވެ.
ެއެ މަސައްކަތް ނިންމަން ދީފައިވަނީ 200 ދުވަހެވެ.