ރާއްޖެއަށް އެތެރެކުރި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު އެ ގެނައި މީހާ އަނބުރާ ފޮނުވަައިލި މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު ފާޑުވިދާޅުވެއްޖެެއެވެ.
ކަސްޓަމްސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 6 ވަނަ ދުވަހު ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބުރެޒިލްގެ އަންހެނެއްގެ ލަގެޖުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ބަރުދަނުގައި 2.5 ކިލޯ ހުރި ކަމަށާއި, ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ”ކޮކެއިން“ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަދި ”ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ އާ އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ރާއްޖެ އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން އޭނާ އަނބުރާ ފޮނުވާލައިފައިވާ ކަމަށެވެ.
ދިޔާނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެންނަނީ މިކަން ވެސް އޮއްބާލަން އުޅޭ ތަން ކަމަށެވެ. އަދި ދައުލަތުގެ ބާރުގަދަ ވެރިއެއްގެ އަތެއް ނެތި މިފަދަ މީހަކު ފުރުވައިނުލެވޭނެ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
އަދި މި ބާވަތުގެ ކަންކަމުން ސާފުވެގެންދަނީ މިއީ ސަރުކާރުގެ އިސްވެރިން ޝާމިލުވެގެން ކުރާ ވިޔަފާރިކަން ކަމަށް ދިޔާނާ ވިދާޅުވިއެވެ.