އައްޑޫގައި އެމްއެންޑީއެފްއިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އައްޑޫ ސިޓީ ގަމާއި ފޭދޫގައި މި ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 13 އިން ފެށިގެން މާޗުމަހުގެ 02 އަށް މި އިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް, އަދި 00:00 އިން 06:00 އަށެވެ.
ހަތިޔާރުގެ ގޮތުގައި މިނީ ފްލޭއަރ، ޓްރިޕް ފްލޭއަރ، ޕައިރޯސް ބޭނުންކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 200 މީޓަރެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީލެވެލްއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ސަރަހައްދުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގަވާފައެވެ.