ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، ދެ މެންބަރެއްގެ ނަން އިއްވައި މަޖިލީހުން ނެރެފިއެވެ.
ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް އިއްވެވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ގެ ނަމާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙްގެ ނަމެވެ.
އެ ދެ މެންބަރުންގެ ނަން އިއްވައި މަޖިލީހުން ނެރުނީ ރިޔާސަތުގައި އިންނަވައިގެން ޢަފީފް ބަހުސްގައި ބައިވެރިވެވަޑައިގަންނަވާތީ މެންބަރުން އެކަމާ ދެކޮޅު ހައްދަވައި ޢަފީފްގެ އެންގެވުންތަކަށް ޢަމަލުުނުކުރެއްވުމާ ގުޅިގެންނެވެ.
ޢަފީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ދެ މެންބަރުން ވަނީ މަޖިލިސް ޗެމްބަރު ދޫކުރައްވައި ބޭރަށް ވަޑައިގެންފައެވެ.