ސިނާޢީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން ނިންމާފައިވާއިރު, ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށްދޭ ގޮތަށް އޮތުމުން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަތަކަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޢީދު ވަނީ މި ސަރުކާރުން މުޅި ރާއްޖެ ވިއްކާލައިފި ކަމަށް ވިދާޅުވެފައެވެ.
”މިއަދު ބިން ވިއްކަމުން މިދަނީ އެއްކަލަ ފާފު އަތޮޅު މައްސަލައިގައި ފ.އަތޮޅު ވިއްކަނީ ކަމަށް ބުނެގެން އެމްޑީޕީން ހަޅޭލެއްވި މީހުން. މި މާލޭގެ އިންވެގެން އޮންނަ ތިލަފުށީގެ ބިން އެ ވިއްކަނީ އެންމެ 1700 ރ. އަށް އަކަފޫޓެއް.“
”މުޅި ރާއްޖެ ވިއްކައިފި.“
އެ ގޮތުން ޝަރީފް ވަނީ 99 އަހަރަށް ރިސޯޓު ކުއްޔަށް ދޭން ނިންމީ އެ ބޭފުޅުން ނޫންތޯ ސުވާލު ކުރައްވައިފައެވެ. އަދި ފ.އަތޮޅު ވިއްކައިލުމަށާއި އެމްއެމްޕީއާރްސީ ހަދައިގެން މިތާގައި ހުރިހާ ފަޅުރަށްތަކެއް ވިއްކައިލީ އެ ބޭފުޅުންގެ ވެރިކަމުގައި ނޫންތޯ ވެސް ސުވާލު ކުރައްވައިފައެވެ.
”ލަދެއްހަޔާތެއްނެތޭ މި ވާހަކަ ދައްކާއިރު. މި މަނިކުފާނުގެ [ސަޢީދު] ވެރިކަމުގަ ނޫންތޯ މި ކަންކަން ކުރީ 99 އަހަރަށް ހެދީ.“
ޝަރީފް ވިދާޅުވީ އެ ހުރިހާ ކަމެއް ކުރުމަށްފަހު މިހާރު ދައްކަނީ ރާއްޖޭގައި އޮތް މިނިވަން ވިޔަފާރިއަށް ހުރަސްއަޅާ ވާހަކަ ކަމަށާއި މިހާރު ދައްކަނީ މި ޤައުމު ސުންނާފަތި ކުރާ ވާހަކަ ކަމަށެވެ. އަދ މިހާރު މި ދައްކަނީ މި ރާއްޖެއަށް ބޭރުން އަންނަ އިންވެސްޓަރުންނަށް މަރުހަބާ ނުކިޔާ ވާހަކަ ކަމަށެވެ.
”އަޅުގަނޑު ލަދުގަނޭ މި ރާއްޖޭގަ ކުރީގަ އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައި ހުރި ބޭފުޅަކުގެ ހުރި ލަދުހަޔާތް ކުޑަކަމުން.“
”މި ބޭފުޅުން ޤައުމުދެކެ ލޯބިވަނީޔޯ. ވެރިކަމަށް ދަހިވެތިކަން މިހާ ބޮޑުވިޔަސް މި ޒާތުގެ ތާކުންތާކުނުޖެހޭ ދިއުޅިއެއްނުވާ ވާހަކަ ދެއްކުމަކީ ޙަޤީޤަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ އެކަށީގެންވާ ވާހަކައެއް ނޫން.“
ޝަރީފް ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައި ހުރި ބޭފުޅަކު މިކަހަލަ ”ސޯޓު ބޭލޭ“ ޒާތުގެ ވާހަކަ ދައްކަވާތީ ލަދުގަންނަކަމަށް ވެސް ވިދާޅުވެފައެވެ.
ތިވާސަރީފެން ތިތާބަހައްޓަށް ެެދްހެޔޮނުވާވަރުގެމީހެން އަބަދުވެސް ފެންބޮޑުތަނުގާ ބަކަތަޅައް އުޅޭނި ފެންގަޑުހިދިދާނެތީ