އާދިއްތަ, އޮކްޓޯބަރ 1, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކަންނެތްކަން ފިލުވާލުމަށް މި ކަންކަން ކޮށްލާ!

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 8, 2023
ތަފާތް
0
ކަންނެތްކަން ފިލުވާލުމަށް މި ކަންކަން ކޮށްލާ!

ޝައްކެއްނެތެވެ. ނިދުމާއި، ކެއުން ބުއިމުގައި ގެންގުޅޭ ވައްޓަފާޅިއާއި ކަސްރަތާއި، މިކަންކަމަކީ އިންސާނާގެ ހަކަތައަށް އަސަރު ކުރާނެ ކަންކަމެވެ.

މީގެ މާނައަކީ މީހާ ނިދުމުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުންވެސް ހަށިގަނޑަށް ބަދަލު އައިސް ދާނެކަމެވެ. ނަމަވެސް ބަައެއް ފަހަރު 8 ގަޑިއިރުގެ ފުރިހަމަ ނިދުމާއި 5 އިރު ބަނޑު ފުރެންދެން ސިއްހަތަށް ފައިދާހުރި ކާނާ ކައިގެން އުޅޭ މީހާގެ ހަށިގަނޑަށްވެސް ބަދަލު އަންނަތަން އާދެއެވެ.

ދުވަހުގެ ބާކީ އޮންނަ ވަގުތުގައި އެއްވެސް ކަމެއް ކުރާހިތްނުވާތަން އާދެއެވެ. ހާއްސަކޮށް މިދުވަސްކޮޅު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހިފައިވާ ބޮޑެތި ބަދަލުތަކާއި ގިނަ ވަގުތު ގޭގައި މަސައްކަތްކުރަން ޖެހުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަ ވެފައި ވާނީ އަޅުގަނޑުމެންގެ ތެރެއިން  އެންމެ ދެތިން މީހަކަށް ނޫންކަން ޔަގީނެވެ.

ނަމަވެސް ހާސްވެ ކަންބޮޑު ނުވާށެވެ. ތިރީގައި މި ލިޔެލަނީ ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ވަރުބަލިކަމާއި ކަންނެތްކަން އިހުސާސް ވާނަމަ  ކުރެވިދާނެ ކަންތަތްތަކެކެވެ. މިއީ މިކަންކަން ކޮއްލުމުން ހަށިގަނޑަށް ތާޒާ ކަމާ އާރޯކަން، އަދި ހަށިގަނޑަށް އިތުރު ހިތްވަރެއް ގެނެސްދޭނެ ފަދަ 5 ކަމެކެވެ.

ހަށިގަނޑުގެ މަސްތައް ދަމާލާފަދަ ކަސްރަތެއް ކުރުން.

އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކީ ދުވާލާ ރޭގަނޑުގެ ގިނަވަގުތުތަކެއް ލެޕްޓޮޕެއް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެއް ކައިރީ އިނދެ ހޭދަކުރާ ބައެކެވެ. މިހެންކަމުން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލެޕްޓޮޕާ ދުރުވެ ސިކުނޑި އަށް ލުޔެއް ދިނުމުގެ ގޮތުން ހަށިގަނޑުގެ އެކި ބައިތައް ދަމާލާ ކަސްރަތުކޮށް ހަދާލުމަކީ މީހާގެ ހަކަތަ އިތުރުކުރާނެ ކަމެކެވެ. މީގެ އިތުރުން މިފަދަ ކަސްރަތެއް ކޮށްލުމަކީ، ހަށިގަނޑުގައި ލޭ ދައުރުވުމަށް ދެވޭ ފުރުސަތަކަށް ވުމުން މިކަން ކޮށްލުމުން، ނިދި ޖެހުން ފަދަ ކަންކަމުން މީހާ ދުުރުކޮށްދެއެވެ.

ގިނައިން ފެންބުއިން.

ވަރަށް ގިނަފަހަރު އަޅުގަނޑުމެން މަސައްކަތުގައި އަވަދި ނެތި އުޅޭއިރު ހަށިގަނޑަށް ބޭނުންވާވަރަށް ފެންނުބޮވި ވަގުތު ހޭދަވާގޮތް ވެއެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބުއިމަީ މީހާ ޑީހައިޑްރޭޓް ކޮށްލާ ކަމެކެވެ. ސަބަބަކީ ހަށިގަނޑުގެ އެކި ބައިތަކުން ކުރަންޖެހޭ މަސައްކަތްކުރެވޭނީ އެކަންކަމަށް އެކަށީގެންވާ ވަރަށް ފެން ލިބުމުން ކަމުގައި ވުމުންނެވެ. އެހެންކަމުން މަސައްކަތްކުރާ ވަގުުތުގައި ވަރުބަލިކަން އިހުސާސް ވާނަމަ ކުޑަ ވަގުތު ކޮޅެއްގެ ބްރޭކެއް ނެގުމަށްފަހު އެކަށޭނެ ވަރަށް ފެންފޮދެއް ބޯލުން ވަރަށް މުހިންމެވެ.

ފެންވެރުން.

ދިރާސާ ތަކުން ދައްކާގޮތުގައި ފިނިފެނުން ފެންވެރުމަކީ ހަށިގަނޑަށް ތާޒާކަން ގެނެސްދޭ ކަމެކެވެ. މިއިީ ހަށިގަނޑުގައި ވާ މަސްތައް ހޭލައްވާލާ ކުރަންހުރި މަސައްކަތް ކުރުމަށް ލިބިދޭ ހިތްވަރެއް ކަމުގައި ވެއެވެ. މީގެ އިތުރުން އެންޑޯފިންސް ހަށިގަނޑުގައި އުފައްދާ ހަށިގަނޑު އެލާޓު ކޮށްދޭ ކަމެއްވެސްމެއެވެ.

ބޯހަމަ ޖައްސާލުމުގެ ގޮތުން ކުޑަ އިރުކޮޅަކަށް ނިދާލުން.

ދުވަހުގެ މެދަކާ ހިސާބުން ވަރުބަލިކަމާ ކަންނެތްކަން އިހުސާސް ވާނަމަ ކުޑައިރުކޮޅަކު ނިދާލުމަކީ ހަށިގަނޑުގައިވާ ވަރުބަލިކަން ފިލުވާލައިދީ ބޯ ހަމަޖައްސާލަދޭނެ ކަމެއް ކަމުގައިވެއެވެ. ރޭގަނޑުގެ ނިދި ހަމަައަށް ނުލިބި މަސައްކަތްކުރަންޖެހިފައިވާ ފަރަާތްތަކަށްވެސް މިއީ ކުރެވިދާނެ ކަމެކެވެ.

މިފަދަ ކުދި ކުދި ކަންކަމަކީ މީހާގެ ކަންނެތްކަން ފިލުވައިލަދީ ހަށިގަނޑަށް އިތުރު ތާޒާކަން ގެނެސްދޭނެ ފަދަ ކަންކަމެވެ.

ގުޅުންހުރި ލިޔުންތައް

ދަތް އުނގުޅަން އެންމެ ރަނގަޅީ ހިތިގަހު ގޮފިކޮޅެއް

ދަތް އުނގުޅަން އެންމެ ރަނގަޅީ ހިތިގަހު ގޮފިކޮޅެއް

އޮކްޓޯބަރ 1, 2023
ސީއީއޯ ލިންޑާ ޔަކާރިނޯގެ އައިފޯން ހޯމް ސްކްރީނުން އެކްސް އެޕް ގެއްލިއްޖެ

ސީއީއޯ ލިންޑާ ޔަކާރިނޯގެ އައިފޯން ހޯމް ސްކްރީނުން އެކްސް އެޕް ގެއްލިއްޖެ

ސެޕްޓެމްބަރ 30, 2023
އިނގުރު ސައި ފައިދާ ބޮޑު

އިނގުރު ސައި ފައިދާ ބޮޑު

ސެޕްޓެމްބަރ 30, 2023
އިންސްޓަގްރާމަށް ޖެނެރޭޓިވް އޭއައި ބޭސްޑް ފީޗާތައް އިތުރު ކުރަނީ

އިންސްޓަގްރާމަށް ޖެނެރޭޓިވް އޭއައި ބޭސްޑް ފީޗާތައް އިތުރު ކުރަނީ

ސެޕްޓެމްބަރ 29, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ބަނޑުގައި ހުންނަ ސަރުބީތައް ވިރުވަން ބޭނުންތަ؟

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In