ބަރުދަން ލުއިކުރަށާ ބަނޑު ހިންދުމުގެ އިތުރުން ހަންގަނޑު ރީތިކޮށްދީ ޒުވާންކަން ދަމަހައްޓަން ގްރީން ޓީ އެހީވެދެއެވެ.
ސިއްޙީ މައްސަލަތަކުން ސަލާމަތްވުމާއި ހަކަތަ ބޭނުންވާ މީހުން ވެސް ގްރީން ޓީ ބުއިމަށް އިސްކަން ދިނުން ވަރަށް މުހިންމެވެ. ގްރީން ޓީ ހޫނުކޮށް ނުވަތަ ފިނިކޮށް ބުޔުމުން ހަށިގަނޑަށް އާރޯކަމާއި ހަލުވިކަން ގެނެސް ދޭނެއެވެ.
ދިރާސާތަކުން ދައްކަ ގޮތުގައި ގްރީން ޓީ އަކީ ސިއްޙަތަށް ގިނަ ފައިދާ ލިބޭ ކަމަށް ދައްކައެވެ. މާގިނައިން ބޭނުން ކުރާނަމަ އޭގެ ނުރަނގަޅު އަސަރުތައް ވެސް ހަށިގަނޑަށް ކުރާނެ ކަމަށް ދިރާސާއިން ހާމަވެއެވެ.
ސިއްޙީ ފައިދާ އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދުން އެދޭނަމަ ދުވާލަކު 2 ނުވަތަ 3 ތަށި ގްރީން ޓީ ބުއިން ރަނގަޅު ވާނެއެވެ. ގްރީން ޓީ އަކީ އެންޓި އޮކްސިޑަންޓްސް އާއި ފްލެވަނޮއިޑްސް އެކުލެވޭ އެއްޗަކަށް ވާއިރު މާގިނައިން ބޭނުން ކުރެވުމުން ވިހަވެ ލިވާގެ މައްސަލަތައް ވެސް ކުރިމަވުން އެކަށީގެންވެއެވެ. ގްރީން ޓީއާ އެކު މާމުއި ބޭނުންކުރާނަމަ މާމުއިގައި ހުންނަ ވިޓަމިންސްތައް އެކުވުމުން ޒުވާންކަން އިތުރުކޮށްދީ ސަރުބީ ވިރުވަން އެހީވެދެއެވެ. ކެލޮރީޒް މަދުކުރުމަށް މާމުއި އެހީތެރިވެއެވެ. އަދި ގްރީން ޓީ އިން މެޓަބޮލިޒަމް ގެ މަސައްކަތަށް ބާރުގެނެސްދެއެވެ.
އުންމީދު ކުރަނީ އާންމު ދިރިއުޅުމުގައި ދުވާލަކު އެއް ތަށި ގްރީން ޓީ މީގެފަހުން ބޭނުން ކުރާން ކަމަށެވެ.