ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙަކީ ޢިލްމެއް ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ.
”ގެއެއްގެ ބަދިގެތެރޭގައި ކައްކަން އުޅުނު މީހެއް, ކޮން ބުރިޖެއް އެޅޭނީ.“
މުސްތަފާ ވިދާޅުވީ މި ސަރުކާރަކަށް ސިޓީއެއް ވެސް ނުހެއްދެވޭނެ ކަމަށާއި ރައްޔިތުންނަށް ގެދޮރެއް ވެސް ނުދެވޭނެ ކަމަށެވެ. އަދި ރައީސް ޞާލިޙަކީ އެއްވެސް ކަމެއް ކުރައްވަން އެނގިވަޑައިނުގަންނަވާ ”ޅޮސް ގަނޑެއް“ ކަމަށާއި، ”ބޮޑު ވަގެއް“ ކަމަށް މުސްތަފާާ ވިދާޅުވިއެވެ.
މުސްތަފާ މިހެން ވިދާޅުވި ނަމަވެސް ރައީސް ޞާލިޙް ވަނީ ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.