މާލޭގެ މަގުތައް ކޮނުމުގެ މަސައްކަތާއި ޖަންކްޝަންތަކުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކަށް ނަގާ ފީ ބޮޑުކޮށްފައިވާތީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ނުކުމެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސްޓެލްކޯގެ ކޮންފަރެންސް ހޯލުގައި މިއަދު ވަނީ ކުންފުނިތަކުން ބައްދަލުވުމެއް ބާއްވައިފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަރީފް އިސްވެ ހުންނަވައި މިއަދު ބޭއްްވެވި ބައްދަލުވުމުގައި ސްޓެލްކޯގެ އިތުރުން އެމްޑަބްލިޔުއެސްސީއާއި އުރީދުއާއި މީޑިއާނެޓާއި އާރްއޯއެލް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބައިވެރިވިއެވެ.
އެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އުސޫލަށް ބަދަލު ގެނައީ ގަވާއިދާ ޚިލާފަށް ކަމަށެވެ.

ސިޓީ ކައުންސިލުން އުސޫލަށް ބަދަލު ގެނައީ ލާމަރުކަޒީ ޤާނޫނުގެ ދަށުންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އުސޫލަށް ބަދަލު ގެންނަނަމަ އެލްޖީއޭގެ ލަފާ ހޯދަންޖެހޭ ކަމަށާއި ނަމަވެސް އެލްޖީއޭއާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައިނުވާ ކަމަށެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަޠީފް ވިދާޅުވީ ކުންފުނިތަކުގެ ކަންބޮޑުވުންތައް ބަލައިގަނެވޭ ކަމަށާއި މިކަމާ ސިޓީ ކައުންސިލާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ސިޓީ ކައުންސިލުން އުސޫލަށް ބަދަލު ގެނައި މައްސަލަ ސްޓެލްކޯއިން މިހާރު ވަނީ ހައިކޯޓަށް ވެސް ހުށަހަޅާފައެެވެ.
ސިޓީ ކައުންސިލްގައި އެތިބީ ވިޔަފާރިވެރިން ތަކެކެވެ. ހަމަ އެންމެ ފިޔަވަޅެއްވެސް ފައިސާ ޖީބަށް ނުވަންނާނެ ގޮތަކަށް ނުކުރާނެއެވެ. އެއީ މިސްކިތެއްގައި ތަރުފާލު އެޅިޔަސްވެސް މެއެވެ.