ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގައި ރޭމްޕެއް ގާއިމުކޮށްފިއެވެ.
އެ މަސައްކަތް ކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ސްކޫލުތަކާއި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
”ޣާޒީ ސްކޫލަށް ކުދިން ވަދެ ނިކުތުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ރޭމްޕެއް ވަނީ ގާއިމުކޮށްދީފައި.“ އެޗްޑީސީން މިއަދު ބުންޏެވެ.
އެޗްޑީސީން އަންނަނީ އަމީނިއްޔާ ސްކޫލުގެ ފުޓްސަލް ދަނޑު ވަށައި ގާ އެތުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އޭގެ އިތުރުން ސްކޫލްތަކާއި ގުޅިގެން މިފަދަ ގިނަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.