ހއ.ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަސައްކަތުގެ %72 ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 18,000 ކިއުބިކް މީޓަރުގެ ސަރަޖައްދެއްގެ ނެރު ފުންކުރާނެއެވެ.
މީގެއިތުރުން ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމާއި, ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި, ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކުރީ 5.65 މިލިއަން ރުފިޔާއަށެވެ.