ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާ މާދަމާއަށް ތާވަލުކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 09:00 ގައެވެ.
މި ޖަލްސާ އެޖެންޑާކޮށްފައިވަނީ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކު ހުށަހަޅުއްވަންޖެހޭ ރިޔާސީ ބަޔާން އިއްވެވުމަށެވެ. އެ ބަޔާނަކީ ޤައުމުގެ މިހާރުގެ ހާލަތު ބަޔާންކުރައްވައި, ހާލަތު އިތުރަށް ރަނގަޅު ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ބަޔާނެކެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ވަނީ ހަމަޖައްސަވައިފައެވެ.