1600އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ކްރޫޒް ލައިނާއެއް މާލޭގައި ބަނދަރުކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން މާލެއަށް ފައިބައިފިއެވެ.
މިއީ މާލޭ ބަނދަރަށް މިއަހަރު އައި ދެވަނަ ކްރޫޒް ލައިނާ އެވެ. މި ކްރޫޒް ލައިނަރ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޖެނުއަރީގައި ޖަޕާނުގެ ކްރޫޒް ލައިނާއެއްވެސް މާލޭގައި ބަނދަރުކުރިއެވެ.
އިޓަލީގެ ކްރޫޒްލައިނާއެއްކަމަށްވާ ”ކޮސްޓަރ ޑެލިޒިއޯސާ“އެވެ. މިއީ 3000 މީހުންގެ ޖާގައިގެ ބޯޓެކެވެ. ފަތުރުވެރިންނާއެކު 800 ފަޅުވެރިންވެސް މިކްރޫޒްލައިނާއިން އައިސްފައިވެއެވެ.
މިކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ އެލައަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނިީ، އޭއެމްއެސްސީ މެދުވެރިކޮށެވެ. މިކްރޫޒް ލައިނާ މާލޭގައި މަޑުކުރާނީ ދެ ދުވަހުއެވެ.
ކޮވިޑަށްފަހު ކްރޫޒްލައިނާތައް އަންނަން ފަށާފައިވާއިރު މިއަހަރު މިވިޔަފާރިވެސް ރަނގަޅުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.