އަންގާރަ, ޖޫން 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ފެލިވަރުން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި

މުހައްމަދު ޝަރީފް ލިޔުނީ: މުހައްމަދު ޝަރީފް
ފެބްރުއަރީ 5, 2023
ވިޔަފާރި
0
ފެލިވަރުން މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ފިއުލް ސަޕްލައިޒް މޯލްޑިވްސް، އެފް.އެސް.އެމްއިން ތެލުގެ ޙިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމަށް އެފްއެސްއެމްއަށް ޙަވާލުކޮށްފައިވަނި މިދިޔަ މަހުގެ 3 ވަނަ ދުވަހުގައެވެ. މި އެއްބަސްވުމުގެ ދަށުން އެފް.އެސް.އެމްއިން އަންނަނީ ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ތެޔޮ ވިއްކަމުންނެވެ. އަދި މިހާރު މިވަނީ ފެލިވަރު ކޮމްޕްލެކްސްއިންވެސް މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައެވެ.

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ތެލުގެ ޙިދުމަތް ފޯރުކޮށްދޭން ފެށުމުގެ ރަސްމިއްޔާތުގައި އެފް.އެސް.އެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޤަސަމް ވިދާޅުވީ، އެކުންފުނިން މަސްވެރިންނަށް މެދުނުކެނޑި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދައުރުވެސް ބޮޑުކަމަށެވެ. ޤަސަމް ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ މަސްދޯނިތަކަށް ތެޔޮ އެޅުމަށްޓަކައި މިހާރު ހޭދަވާ ވަގުތުކުޑަކޮށް، ވީހާވެސް އަވަހަށް އެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.

”މިހާރު މަސްވެރިންނަށް ފޯރުކޮށްދޭ ތެޔޮ އެއަށް ވުރެ އަވަހަށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ. މިވަނީ މިކަމަށް ބޭނުންވާ މުވައްޒަފުންވެސް ހަމަޖައްސާފައި. ހުރިހާ މުވައްޒަފުންވެސް ތެލުގެ ޚިދުމަތް ދޭއިރު އޯގާތެރިކަމާއެކު، ކަސްޓަމަރުން ބަލައިގަންނޭ ޚިދުމަތް ދިނުމަށް އެދެން“ ޤަސަމް ވިދާޅުވިއެވެ.

މިފްކޯއިން ހާމަކުރެއްވި ގޮތުގައި މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމަށް އެފް.އެސް.އެމްއާއި ޙަވާލުކުރީ ދަތިކަމެއްނެތި މިފްކޯގެ ސައިޓުތަކުން މަސްވެރިންނަށް ތެޔޮ އަބަދުވެސް ލިބޭނޭކަމުގެ ޔަޤީންކަންދީ، ތެޔޮ ވިއްކުމުގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމަށެވެ. އަދި ބައެއް ޙާލަތްތަކުގައި ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަންޖެހުމުން މަސް ވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ.

މި ބަދަލާއެކު ހުރިހާ ދޯނިތަކުން އެފް.އެސް.އެމްއާއި އެކީގައި ކްރެޑިޓް އެއްބަސްވުމެއް ހަދާނެ ކަމަށާއި، އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ދޯނި ފަހަރަށް އެފް.އެސް.އެމްއިން ކްރެޑިޓް ދޭނެ ކަމަށްވެސް މިފްކޯއިން މަޢުލޫމާތުދެއްވައެވެ. އަދި މިއާއެކު މަސް ބިލުން ތެލުގެ ފައިސާ ކެނޑުމުގެ ބަދަލުގައި ދޯނިފަހަރުން ކުރެޑިޓް މުއްދަތުގެ ތެރޭގައި ތެލަށް ދައްކަން ޖެހޭ ފައިސާ ސީދާ އެފް.އެސް.އެމްއަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

މިއާއެކު މިހާރެކޭ އެއްގޮތަށް މަސްވެރިންނަށް ޚާއްސަ އަގެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށްވެސް މިފްކޯއިން ހާމަކުރައްވައެވެ. މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި އެފް.އެސް.އެމްއިންވަނީ ހުޅުމާލޭ މަސްވެރިންގެ ޖެޓީންވެސް މިދިޔަ ނޮވެމްބަރު މަހު މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައެވެ.

މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ. މިރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދަނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.

Tags: މަސްވެރިންމިފްކޯފިއުލް ސަޕްލައިފެލިވަރު

ގުޅުންހުރި ލިޔުންތައް

އެސްޓީއޯ ”މަގޭ ހިޔާ“ ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ”މަގޭ ހިޔާ“ ޕްރޮމޯޝަން ފަށައިފި

ޖޫން 6, 2023
ސިންގަޕޯ އެއާރލައިންގެ ދަތުރުވެރިންނަށް ފުލައިޓުގައި ވައިފައި ދޭން ފަށައިފި

ސިންގަޕޯ އެއާރލައިންގެ ދަތުރުވެރިންނަށް ފުލައިޓުގައި ވައިފައި ދޭން ފަށައިފި

ޖޫން 6, 2023
”ރިޔާދު އެއާރ“ގެ ނަމުގައި އަލަށް ފަށާ އައު ގައުމީ އެއާރލައިންގެ މަތިންދާ ބޯޓުގެ ފަރުމާ ދައްކާލައިފި

”ރިޔާދު އެއާރ“ގެ ނަމުގައި އަލަށް ފަށާ އައު ގައުމީ އެއާރލައިންގެ މަތިންދާ ބޯޓުގެ ފަރުމާ ދައްކާލައިފި

ޖޫން 6, 2023
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ހުޅުވާލައިފި

ޖޫން 5, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In