އަންގާރަ, ޖޫން 6, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޝިޔާމް، ފަނޑިޔާރުންނަށް: ނުޙައްޤުން ރައީސް ޔާމީންގެ ގައިގައި އަތްލާނަމަ ޤާނޫނު އަރާ ހަމަކުރާނެ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ފެބްރުއަރީ 4, 2023
ޚަބަރު
0
ޝިޔާމް، ފަނޑިޔާރުންނަށް: ނުޙައްޤުން ރައީސް ޔާމީންގެ ގައިގައި އަތްލާނަމަ ޤާނޫނު އަރާ ހަމަކުރާނެ

ނުޙައްޤުން ރައީސް ޔާމީންގެ ގައިގައި އަތްލާނަމަ ޤާނޫނު އަރާ ހަމަކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުންދާ ”ދުއްޕާން“ ޖަލްސާގައި ދެއްކެވި ވާހަކައިގައި ޝިޔާމް ވަނީ ރައީސް ޔާމީންގެ ޝަރީޢަތްތައް ކުރިއަށްދިޔަ ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ފުރަތަމަ އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގެ ހުކުމްކުރުން 2019 ވަނަ އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހަށް ތާވަލުކުރެވިފައިވަނިކޮށް ހައިލަމް ސަސްޕެންޑްކުރިއެވެ.

އެ ގޮތުން ކްރިމިނަލް ކޯޓު ހިންގެވުން (ވަގުތީ ގޮތުން) ހަވާލުކުރެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މިހާރު ހުންނެވި ޢަލީ ރަޝީދާއެވެ.

އެކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ހައިލަމް ސަސްޕެންޑްކުރީ ރައީސް ޔާމީނަށް ޙުކުމްކުރަން ތިން ގަޑިއިރަށްވެފައި ވަނިކޮށް ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ނުފޫޒު އޮތްކަން ވެސް ފާހަގަކުރެއްވިއެވެ.

”ހުކުމް ޖެހުން ނޫން ގޮތެއް ޢަލީ ރަޝީދަކަށް ނެތް.“ ޝިޔާމް ވިދާޅުވިއެވެ.

އޭގެ ބަދަލެއްގެ ގޮތުން މިއަދު ޢަލީ ރަޝީދު ހުންނެވީ ސްޕްރީމް ކޯޓުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އަދި އެކަން ހައިލަމް ޢާންމުކުރެއްވި ބަޔާނެއްގައި ފާހަގަ ކުރައްވާފައިކަމަށް ޝިޔާމް ވިދާޅުވިއެވެ.

”….ކިތަންމެ ހަރުއަޑުން ބަޔަކު ބުނިކަމުގައިވީ ނަމަވެސް އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައި ހުރި ފަރާތެއްގެ ޝަރީޢަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިޔަ އިސްތިއުނާފީ ކޯޓެއްގެ ތަޖުރިބާ ނެތް ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ގޮނޑި ލިބުނީ އިއްތިފާޤަކުން ނޫންކަން އޭނާ އެ ގޮނޑީގައި ބޭންދި މީހުން ނޫން އެންމެން ޤަބޫލުކުރާނެއެވެ.“ 2021 ގައި ހައިލަމް ޢާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އެކަން ފާހަގަކުރައްވައި ޝިޔާމް ދެން އަލިއަޅުވައިލެއްވީ އާރަށު މައްސަލައިގެ ޝަރީޢަތް ކުރިއަށްދިޔަ ގޮތަށެވެ. އެކަމުގައި ވެސް ސަރުކާރުގެ ނުފޫޒު އޮތްކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން ރައީސް ޔާމީނު 11 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރެއްވި އިސް ގާޒީ އަޙްމަދު ޝަކީލް މިހާރު ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިކަން ވެސް ފާހަގަކުރައްވައިފައެވެ.

”މީ އިއްތިފާގެއްތަ“ ޝިޔާމް ސުވާލު އުފެއްދެވިއެވެ.

”ފަނޑިޔާރުން އަޑުއައްސަވާ. ޤާާނޫނުއަސާސީން ބޭރުން ދިވެހިރާއްޖޭގަ ހެދިފަ ހުރި ޤާނޫނުތަކުން ބޭރުން ރައީސް ޔާމީންގެ ގައިގަ އަތްލާކަމަށްވަންޏާ ޤާނޫނު އަރާ ހަމަކުރާނެ.“

ޝިޔާމް ވަނީ ރައީސް ޔާމީން މިނިވަންކުރަން ކުރެވެން ހުރި ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވައިފައެވެ. އަދި ރައްޔިތުންނަށް ތަަރައްޤީއާއި ތަމައްދުން ގެންނެވުމަށް ރައީސް ޔާމީން އެބަ ވަޑައިގަންނަވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

Tags: ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްޕީޕީއެމް

ގުޅުންހުރި ލިޔުންތައް

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ނަޝީދު އެމްޑީޕީ މެންބަރުންނަށް އިންޒާރު ދެއްވަމުން ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވައިފި

ޖޫން 6, 2023
ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ކަނޑު އޮތްގިރި ބަނދަރު މަޝްރޫއުގެ %59 ނިމިއްޖެ

ޖޫން 6, 2023
ދިވެހި ރައްޔިތުންނަށް ހިލޭ ގޯތިނުދިނުމަށާއި، ގޯތި ވިއްކަން މެންބަރު އަސްލަމް ގޮވާލައްވައިފި

މަޖިލީހުގެ ރައީސްކަން ހުށަހަޅައިފިނަމަ ހިތުގެ އަޑިން އެކަން ގަބޫލުކުރާނަން: އަސްލަމް

ޖޫން 6, 2023
މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

މަޖިލީހުގެ %100 އިތުބާރު އަޅުގަނޑަށް އެބައޮތްކަން ޔަގީން ކަށަވަރު: ނަޝީދު

ޖޫން 6, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    މާލެ ސިޓީ ކައުންސިލުން މާލެއާއި ހުޅުމާލޭގައި ބަހުގެ ޚިދުމަތް ފަށައިފި

    0 shares
    Share 0 Tweet 0
  • ދުނިޔޭގެ އެންމެ ފުރިހަމަ ހޮޓަލުގެ އެވޯޑު ރާއްޖޭގެ ރިސޯޓަކަށް ލިބިއްޖެ

    0 shares
    Share 0 Tweet 0
  • ރ. އަތޮޅު ކޮޓަފަރުގައި ސަނީ ލިއޯން ޗުއްޓީ ހެދަކޮށްލުމަށް ރާއްޖެ އައިސްފި

    0 shares
    Share 0 Tweet 0
  • ކަޅު ހެދުން ދޮންނަ އިރު އެލްމެނިޔުން ފޮއިލް އަޅަނީ ކީއްވެކަން އެނގޭތަ؟

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In