ޒުވާނުން ބާރުވެރިކުރުވައި ޝަރަފުވެރި ކުރުވި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ޕީޕީއެމްގެ ސެނެޓާ އަޙްމަދު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުންދާ ”ދުއްޕާން“ ޖަލްސާގައި ވައްޑެ ވިދާޅުވީ ރައީސް ޔާމީނަކީ ޒުވާނުން ބާރުވެރިކުރުވި ރައީސެއް ކަމަށާއި ރައީސް ޔާމީނަކީ ޒުވާނުން ޝަރަފުވެރިކުރުވި ރައީސެއް ކަމަށެވެ.
”ރައީސް ޔާމީން ޒުވާނުންނަށްޓަކައި ގެނެސްދެއްވި އެންމެ ބޮޑު އެއް ޕްރޮޖެކްޓް އެއް ތަރައްޤީ މިއަދު އަޅުގަނޑުގެ ފަހަތުން މި ފެންނަނީ ޒުވާނުން. އެމަނިކުފާނުގެ ހިތްޕުޅުގައި މި ޤައުމާމެދު އޮތް އުންމީދު އަޅުގަނޑުމެންގެ ހިތްތަކުގައި އެ އުންމީދުގެ ދަންމަރުގެ ހުޅުކޮޅު މިއަދު މި ވަނީ ރޯކުރެވިފަ.“ ރައީސް ޔާމީން 104000 ވަޒީފާ ޒުވާނުންނަށް ޚާއްސަކޮށްގެން އުފެއްދެވިކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.
ވައްޑެ ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި މިއަދު ޒުވާނުން ތިބީ އުންމީދީ ހުޅުކޮޅު ނިވުނަނުދީ ހިފަހައްޓަން ކަމަށާއި އަދި އުންމީދީ ހުޅުކޮޅު ރޯވެ ބޮޑުވެ ފަޅައިގެންދާނީ އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ފޮށިތަކުގެ ތެރެއަށް ކަމަށެވެ. އޭނާ ވަނީ ”އިބޫ ޗޯރު“ ބަލިކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.