ފިތުނަ އުފެއްދުމުން ދުރުވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.
ޑރ.ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީސްތަކުންގެ ވެރި ރައްބު އެންމެ ބޮޑަށް ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ފިތުނަވެރިކަން ހިމެނޭ ކަމަށާއި، ފިތުނަވެރިކަމުގެ ތެރޭގައި ދޮގު ފެތުރުން ހިމެނޭ ކަމަށެވެ.
ފިތުނައިގެ ސަބަބުން އެތައް ޢާއިލާއަކާއި ޖަމާޢަތްތަކާއި އެކުވެރިން ރޫޅިފައިވާ ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
އަދި ފިތުނަ އުފެއްދުމުގެ ސަބަބުން މަޢުޞޫމް އެތައް ބަޔަކަށް ގެއްލުން ލިބިފައިވާ ކަމަށާއި މި ފަދަ ކަންކަމުން މުސްލިމުން ދުރުވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.