ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަންކޮށް ވެރިކަމަށް އިންތިޚާބު ކުރުމަށްޓަކައި ޕީޕީއެމް އޮތީ އެއް ޚިޔާލެއްގައި އެއް ވިސްނުމެއްގައި ކަމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މެންބަރު މުޙައްމަދު ޣައްސާން މައުމޫން ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ, އިޚްލާސްތެރިކަމާއެކު ރައީސް ޔާމީން ސަލާމަތް ކުރުމަށް އުޅުއްވާ ބޭފުޅުންނަށްވުރެ ލީޑާޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލުކުރައްވަން އުޅުއްވާ ބޭފުޅުންކަމަށް ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ވިދާޅުވެފައި ވަނިކޮށެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން ވިދާޅުވީ ރައީސް ޔާމީން މިނިވަންކޮށް މި އަހަރު ވެރިކަމަށް އިންތިޚާބު ކުރުމަށް ޕާޓީ އޮތީ އެއް ޚިޔާލެއްގައި އެއް ވިސްނުމެއްގައި ކަމަށެވެ. އަދި އެކަން ހާސިލުކުރުމަށް ޕާޓީ އޮތީ އެއް ރޫޙެއްގައި އެއް ޢަޒުމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.