ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ރަނިލް ވިކްރަމަ ސިންހައާ ބައްދަލު ކުރައްވައިިފިއެވެ.
ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވީ ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ގޮތުން ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަ ދެއްކެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ލަންކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢަލީ ސަބްރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޝާހިދު ވަނީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި މިއަދު ބޭއްވި ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.