އިންތިޚާބަށް ނަން ހުށަހަޅާ ހިސާބަށްދާއިރު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނޫން ވިސްނުމެއް ”ޕީޕީއެމް ކުދިންނަށް“ އަންނާނެ ކަމުގައި އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ އަންނަން ވެސް ޖެހޭނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނޫން ވިސްނުމެއް ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ.
”ކޮންކްރީޓް މެޝިނަށް ވޯޓުލަމުން ދިޔަ ދުވަސްވަރު އެމްޑީޕީން ވެސް އަޑުހަރުކޮށް އެހެން ކީތާ. ރައީސް ޔާމީން އިންތިޚާބުގެ ކުރިން ސަލާމަތްވެދާނެ ކަމަކަށް ނުފެނޭ.“
ޝަރީފް ވިދާޅުވީ ހިނގާލުން ބާއްވައިގެން، މުޒާހަރާކޮށްގެން ޖަލު ޙުކުމެއް ތަންފީޒުކުރާ ފަރާތެއް މިންޖުވެދާނެ ކަމަށް ބެލުމަކީ ވަރަށް ހެއްވާ ކަމެއް ކަމަށެވެ. އަދި ކޯޓަށް ގޮސްގެން ރައީސް ޔާމީންގެ މަޢުސޫމްކަން ސާބިތު ކުރަން މަސައްކަތް ކުރުން ނޫން ގޮތެއް ޕީޕީއެމްގެ ލީޑަރުންނަކަށް ނެތް ކަމަށާއި އިންސާފުގެ މަގަކީ ވެސް އެއީކަމަށް އޭނާ ވިދާޅުވިއެވެ.