މާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ މާލޭގައި ހަވާ އެރުވުމުގެ އިވެންޓެއް ކުރިއަށްދާނެ ކަމަށެވެ.
މިއީ ޕްރައިވެޓް އިވެންޓެއް ކަމަށާއި އިވެންޓް އޮންނާނީ މިރޭ 21:30 ގައި ސޯލްޓް ރެސްޓޯރަންޓް ކުރިމަތީ މުދާ ދިމާގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި އިވެންޓްގައި 03 މިނެޓު ވަންދެން ހަވާ އަރުވާނެ ކަމަށެވެ.
ހަވާ އެރުވުމުގެ ކަންކަން ކުރިއަށް ގެންދަނީ އެމްއެންޑީއެފުގެ ސިފްކޯ ކުންފުނިންނެވެ. ހަވާ އެރުވުމަކީ އެ ކުންފުނިން ވިޔަފާރީގެ އުސޫލުން ކުރާ ކަމެކެވެ.