ތިލަފަތަކަށް ވޯޓު ދިނަސް ދޮލަނގަކަށް ވޯޓުދިނަސް ޖެހޭނީ ހަމަ އެއްތާކު ކަމަށާއި ސިޔާސީ ޕާޓީތަކުން ދެން ރައްޔިތުންނަށް ކިޔައިދޭނެ އިތުރު ވާހަކައެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭން ފެށުމަށް ސަލްޓަންޕާކުގައި ރޭ ބޭއްވި ޖަލްސާގައި ޢުމަރު ވިދާޅުވީ ތިލަފަތަކަށް ވޯޓު ދިނަސް ދޮލަނގަކަށް ވޯޓުދިނަސް ޖެހޭނީ ހަމަ އެއްތާކު ކަމަށާއި ބަދަލެއް ނާންނާނެ ކަމަށެވެ.
”ތިލަފަތަކަށް ވޯޓު ދިނަސް ދޮލަނގަކަށް ވޯޓުދިނަސް ޖެހޭނީ އެއްތާކު. ވޯޓު ލެވިދާނެ ކޮންމެ އެއްޗަކަށް ވެސް.“
”އާ މިސްރާބަކަށް“ މި ސްލޯގަންއާއެކު ކެމްޕޭން ފެށްޓެވި ޢުމަރު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ދެން ކިޔައިދޭނެ އިތުރު ވާހަކައެއް ނެތް ކަމަށާއި ގެނެސްދޭނެ އިތުރު ސްލޯގަންއެއް ނެތް ކަމަށެވެ.
”އަޅުގަނޑުމެންނަށް ދެން ދައްކާނެ އިތުރު އިސްތިހާރެއް ނެތް. ދެ ޕާޓީ ވެސް ޓެސްޓު ކުރެވި، ދެ ޕާޓީއަށް ސްޕަރމެޖޯރިޓީއާއެކު ފުރުސަތު ދެވިއްޖެ. ދެ ޕާޓީ ވެސް ފެއިލްވެއްޖެ.“
ޢުމަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ 12 ގަޑިއިރު މަސައްކަތް ކުރެވޭނެވަރުގެ ބުންވަރު ހުރި، ހެނދުނު 6:30 ގައި ޓައީ އަޅުއްވައިގެން އޮފީހަށް ވަޑައިގެން މޭޒު ދޮށުގައި އިންނެވޭވަރުގެ މުރާލި ވެރިއެއް ކަމަށެވެ.
މާލެ ސަރަހައްދުން ގޯތި ބޭނުންވާ ކޮންމެ ކަތަކަށް ބޭންކް ގެ ލިޔުމެއް ނެތި އައިޑީ ކާރޑް ދިއްކޮށް ލުމުން އެކަނި ލިބޭނީ އުމަރާއި އަދި އަންނި ގުޅިގެން އުފައްދާ ވެރިކަމުގައި އެކަނިއޭ މިވެރިކަމުގައި ވިނަރެސް ފްލެޓް ލިބުނު މީހުން މިޖެހެނީ ދެން އެމެން ތިރީ ކޮޅާ އަދި މަތީ ކޮޅުގައި ހުރި އިސްތަށި ތައް ގުނާ އެއަދަދު ވެސް ތިން ވަނަ ފަރާތެއް މެދުވެރިކޮށް ޔަގީން ކުރުމަށް ފަހު އެޗްޑީސީ އަށް އެކަން ސާބިތު ކޮށްދޭންއޭ މީދެން ރައްޔިތުން ނިކަމެތި ކޮށް އެމެން ދެރަކޮށްލަން މިހާރު އޮތް ކައްޕަޅި ސަރުކާރުން ކުރާ ކަންކަމޭ މިކަން ކަން ނުކުރާނެއޭ ފިކުރެއްގެ ދިރުމާއި އަދި އާ މިސްރާބު ގުޅިގެން އުފައްދާ ސަރުކާރުން އެއީ ޔަގީން ކަމެކޭ ހިނގާ މަމެންނާއި އެކުގައި ނުވާނަމޭ ވަރުބަލި މަމެން ދޫދޭނީ މިކަން މިފަހަރު ކާމިޔާބު ކޮށްފައޭ ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ބިނާ ކުރަން ގައުމާއި ވަތަން އެދޭ ގޮތަށް ހިނގާ ބަހީ އާދޭ އެކީގައި މިކަން ކުރަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި މިކަން ކުރަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށލާ….