ވެރިކަމުގެ މި ދައުރަކީ ދުއްޕާނެއް ކަހަލަ ދައުރެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މި މަހުގެ 02 ވަނަ ދުވަހު ފެށި ”ހޯޕް ކޮންފަރެންސް“ ނިންމުމަށް މިރޭ 20:30 ބާއްވާ ޖަލްސާއަށް ދަޢުވަތު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
”ދުއްޕާން“ ގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.
ވެރިކަމުގެ މި ދައުރަކީ ދުއްޕާނެއް ކަހަލަ ދައުރެއް ކަމަށާއި މިރޭގެ ޖަލްސާއަށް ”ދުއްޕާން“ ގެ ނަމުން ނަންދީފައިވަނީ އެހެންވެގެން ކަމަށެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކުރާ ދުއްޕާނުގެ ވާހަކަތައް މިރޭގެ ޖަލްސާގައި އޮންނާނެ ކަމަށެވެ.