މިހާރު ރާއްޖޭގައި ހުރި ޤާނޫނުތައް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މައްޗަށް ހިންގައިފިނަމަ ކުރިއަށް އޮތް 2000 އަހަރު ވެސް އެމަނިކުފާނު ޖަލުން ސަލާމަތްވެވަޑައިގަންނަވާނެހެން ހީނުވާކަމަށް ކުރީގެ ނައިބު ރައީސް އަދި ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ފެށި ”ހޯޕް ކޮންފަރެންސް“ ގެ ތެރެއިން ރޭ ބޭއްވި ސެޝަންގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޤާނޫނީ ޓީމުން ވަނީ ބައިވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
އެ ގޮތުން އެއް ބައިވެރިޔަކު ވަނީ ރައީސް ޞާލިޙް ޤާނޫނާ ޚިލާފު އެތައް ކަމެއް ކުރައްވައިފި ކަމަށާއި އެ މަނިކުފާނު އަޒުލު ކުރެއްވުމަށް ޤާނޫނީ ޓީމުން ކޯޓަށް ހުށަހަޅުއްވައިފިތޯއާއި އެކަމާ ގުޅިގެން ކުރެވެނީ ކޮން މަސައްކަތެއްތޯ ސުވާލުކޮށްފައެވެ.
”ތެދަށް ދަންނަވާކަމަށްވަންޏާމު މިހާރު ރާއްޖޭގަ ހުރި ޤާނޫނުތައް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މައްޗަށް ހިންގައިފި ކަމުގައިވާނަމަ އަޅުގަނޑަކަށް ހިއެއްނުވޭ ކުރިއަށް އޮތް 2000 އަހަރު ވެސް ޖަލުން ސަލާމަތްވާނެ ހެންނެއް. ޢުމުރެއް ދެން އިންސާނަކަށް އެހާވަރަށް ނުއެއް ލިބޭނެ. އެހެން ނަމަވެސް ހިއެއްނުވޭ ސަލާމަތްވާނެހެނެއް.“ ޖަވާބު ދެއްވަމުން އިސް ވަކީލު ޑރ.ޖަމީލު ވިދާޅުވިއެވެ.
ޑރ.ޖަމީލު ވިދާޅުވީ މިިދިޔަ ހަތަރު އަހަރުތެރޭގަ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދަޢުވާކުރުން ފިޔަވައި ރައީސް ޞާލިޙަށް އިތުރުކަމެއް ނުކުރެއްވޭ ކަމަށާއި ވެރިކަމުގައި ހޭދަކުރެއްވި ހަތަރު އަހަރު ދުވަހުގެ ދެބައިކުޅަ އެއްބައި މުއްދަތުގައި ގެންގުޅުނީ ރައީސް ޔާމީން ޖަލަށް ލައިގެން ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ވެރިއަކު މިވަރުގެ އަނިޔާވެރި އަމަލެއް ހިންގާފައެއްނުވާ ކަމަށާއި, ރައީސް އަލްމަރްޙޫމް މުޙައްމަދު އަމީންގެ މައްޗަށް ހިންގި އަނިޔާވެރި އަމަލަށްފަހު, މިވަރުގެ އަނިޔާއެއް ހިންގެވި ބޭފުޅަކު ދިވެހި ޤައުމު އަދި ދެކެފައިނުވާ ކަމަށެވެ.
Rayyithun verinnah mihathanah
dhakkaafa otheeegoiy gina rayyithun visnanee evaguthakah fudhen onna gothakah dhurah alikolaafa balaehnulaa
އަބަދުވެސް ދައްކަނީ ޖަލައްލާ ވާހަކަޔާ އެއްބަޔަކު އަނެއްބަޔަކު ކުއްވެރި ވާވާހަކަ މިނޫން ގޮތެއް ނެތީބާ