މިހާރު ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ހެންވޭރު ސަހަރާގައި ވަޅުލާފައި ހުރި ސިހުރު ހަދާފައިވާ އެއްޗެހިތަކެއް ނަގާ މަންޒަރު ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ހެންވޭރު ސަހަރާ ކޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ޢާންމުވެފައެވެ. ތުހުމަތުކޮށްފައިވަނީ ސަހަރާ ކޮނެގެން މިނިކަށި ނަގާ ކަމަށެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ސަހަރާ ކޮނެގެން ނެގީ މިނިކަށިތަކެއް ނޫން ކަމަށާއި، ސިހުރު ހަދާފައި ވަޅުލާފައި ހުރި އެއްޗެހިތަކެއް ކަމަށެވެ.

”ސިހުރު ހަދާފައި ވަޅުލާފައި ހުރި ފިލާކޮޅުތަކެއް.“
ސިޓީ ކައުންސިލުން ބުނީ އެކަމުގައި އެ އިދާރާގެ މުވައްޒަފެއް ވެސް ހަރަކާތްތެރިވި ކަމަށާއި، ސްޓާފަށް ފިޔަވަޅު އަޅަން ހަވާލުކުރެވިފައިވާ ކަމަށެވެ.