މިއީ ނަބިއްޔާ (ޞޢވ) ގެ ބަދުދުޢާ ލިބިގެންވާ ފަދަ ވެރިކަމެއް ކަމުގައި ޝައިޚް ފަޟްލޫން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ފަޟްލޫން މިހެން ވިދާޅުވީ ފަޅުރަށެއްގައި ބަޔަކު ވެލާތަކެއް ފެޅި މައްސަލައެއް ފެންމަތިވެ ފުލުހުން އެ މައްސަލަ ތަޙްޤީޤުކުރަން ފެށި ޚަބަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ވެލާތަކެއް ފަޅައިގެން ކައްކަން ތިބީ ބ.އަތޮޅު ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައެވެ. ފުލުހުން މިއަދު ބުނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް އެ މައްސަލަ ރިޕޯޓުކޮށްފައިވާނެ ކަމަށާއި، ފުލުހުންގެ އިދާރާއިން ވެސް އެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައެވެ.
ފަޟްލޫން ވިދާޅުވީ މިއީ ވެލާ ކަހަނބަށް ލިބިގެންވާ ހިމާޔަތް ވެސް އިސްލާމްދީނާ މުސްލިމުންނަށް ލިބިގެންނުވާ އަދި ނަބިއްޔާގެ ބަދުދުޢާ ލިބިގެންވާފަދަ ވެރިކަމެއް ކަމަށެވެ.
ނަމަވެސް ޝައިޚް އިލްޔާސް ޙުސައިން މީގެކުރިން ވިދާޅުވި ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރަސޫލާ ދުޢާ ދެއްވާފައިވާފަދަ ވެރިއެކެވެ. އަދި އާލު އިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ހެޔޮ ވެރިކަމުގެ ސިފަތައް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުން ފެންނަކަމަށް ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ވަނީ ވިދާޅުވެފައެވެ.
Thee dhanna beykalunnah huri hadiye
Vaanuvaa