ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަން ކުރުމަށްވުރެ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި ގިނައީ އެހެން މަގުސަދެއްގައި އުޅުއްވާ ބޭފުޅުންކަމަށް ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަނުގެ އެއް ބައިވެރިޔާ އިމްރާން އިދިކޮޅު ލީޑާޝިޕަށް ފާޑުވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ.
އިމްރާން ވިދާޅުވީ އިދިކޮޅުގެ ލީޑާޝިޕްގައި އިޚްލާސްތެރިކަމާއެކު ރައީސް ޔާމީން ސަލާމަތް ކުރުމަށް އުޅުއްވާ ބޭފުޅުން މަދު ކަމަށެވެ. ގިނައީ އެހެން މަގުސަދެއް ހާސިލުކުރައްވަން އުޅުއްވާ ބޭފުޅުންކަން އެއް ދުވަހުން އަނެއް ދުވަހަށް ހާމަވަމުންދާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
”އިޚްލާސްތެރިކަމާއެކު ރައީސް ޔާމީން ސަލާމަތް ކުރުމަށް އުޅުއްވާ ބޭފުޅުންނަށްވުރެ ލީޑާޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލުކުރައްވަން އުޅުއްވާ ބޭފުޅުންކަން އެއް ދުވަހުން އަނެއް ދުވަހަށް ހާމަވާ މިންވަރު ބޮޑުވަމުން އެބަދެއެވެ.“ އިމްރާންގެ ޓުވީޓުގައިވެއެވެ.
އެހެން މަގުސަދެއްގައި އުޅުއްވާ ބޭފުޅުންނޭ އިމްރާން އެ ވިދާޅުވަނީ ރައީސް ޔާމީން ޖަލަށްލުމުން ލީޑާޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ރިޔާސީ ޓިކެޓު ހޯއްދަވަން އުޅުއްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޢިޝާރަތް ކުރައްވައި ކަމަށް ބެލެވެއެވެ.
ނަމަވެސް ލީޑާޝިޕުން ބުނަނީ އަދިވެސް ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާސް ކޮޅުގައި އޮންނާނެ ކަމަށެވެ.
އިމްރާންބޭ!އިޚްލާޞްތެރިކަންް ނެތޭތިޔަބުނީ ހާދަ އެހެންވައްތަރަކަށޭ…ޖަލައްލީވަޤުތުން ފެށިގެން ކެނޑިނޭޅި ސަލާމަތްކުރެވޭތޯ ބަލަމުމުން،ތަންތަން ރޯނުކޮށް މުދަލާ ތަކެއްޗަށް ގެއްލުންނުދީ،ފުލުހުންގައިގަ ނުތަޅާ،ސުލްޙަވެރި މުޒާހަރާތައް އެކުރަނީ އިޚްލާޞްތެރިކަމެއް ނެތީމާތަ؟އިޚްލާޞްތެރިކަން ދަސްކޮއްބަލަަ.
Imraanah heevaanee thimaage ikhulaastherikameh netheemaa ehen meehun ves hama ulheynee e faadashey, Imraanuge ikhulaastherikan bodu vegen thoa kureege anbi meehaa thuththu kudheen kolhakaa eku Jahannma akah hadhaalee thia?
Ikhulaas therin thoa hiley anhenunge gayah aranee? Ikhulaastherin thoa maasingaa bodethi dhogu hadhanee? Ikhulaastherin thoa ilmuge thaakihaa alhaigen faahish kanthah thah kuraneekee???