ބ.އަތޮޅު ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައިގެން ކަންކަން ތިިބި މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިިފިއެވެ.
ފުލުހުން މިއަދު ބުނީ ކެޔޮދޫގައި ވެލާތަކެއް ފަޅައިގެން ކަންކަން ތިިބި މައްސަލައިގެ ރިޕޯޓު ލިބުނީ އިއްޔެ ހަވީރު 16:38 ގައި ކަމަށެވެ.
އަދި އެކަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ރިޕޯޓުކޮށްފައިވާނެ ކަމަށާއި ފުލުހުންގެ އިދާރާއިން އެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
މި މައްސަލައާ ގުޅިގެން އީޕީއޭގެ ބަހެއް އަދި ނުލިބެއެވެ.
thimeehunnah evves kameh nuvaane mdp veema v saafu thee haththaaves mdpkudhin