އޭނާގެ ވެރިކަމެއްގައި ނޫސްވެރިންނަކީ ދޮގުނުހަދާން ހުވާކޮށްގެން ތިބޭ ބަޔަކަށް ހައްދަވާނެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ޢުމަރުގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ސަލްޓަންޕާކްގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޢުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ”ފްރީޑަމް އޮފް ސްޕީޗް“ އޮންނާނީ އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި ކަމަށެވެ.
އެ ގޮތުން މީހުންގެ އަބުރާ ބެހި, ދޮގުހަދައި, ހިތުހުރި އެއްޗެއް ނުބުނެވޭނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.
“ފްރީޑަމް އޮފް ސްޕީޗަށް ހުރަސް އެޅިއޭ ބުންޏަސް އަޅުގަނޑަށް ހެޔޮ. އިސްލާމީ ޝަރީޢަތުގައި ފްރީޑަމް އޮފް ސްޕީޗް ހިފެހެއްޓިފަ އޮތް މިންގަނޑުގެ ތެރޭގަ އޭތި ހިފެހެއްޓޭނީ. މީހުންގެ އަބުރަކާ ނުބެހެވޭނެ. ދޮގެއް ނުހެދޭނެ. ހިތުހުރި އެއްޗެއް ނުބުނެވޭނެ އޭތި ވެރިފައި ނުކޮށެއް.“
ޢުމަރު ވިދާޅުވީ ނޫސްވެރިން ވެސް މިއަދު ކަންކަން ކުރަނީ އެހެން ކަމަށާއި އޭނާގެ ވެރިކަމެއްގައި ނޫސްވެރިން ލައްވައި ދޮގު ނުހަދަން ހުވާ ކުރުވާނެ ކަމަށެވެ.
”އަޅުގަނޑުމެންނަކަށް ނުޖެހޭ ހިތުހުރި އެއްޗެއް ހިތުހުރި ގަޑިއެއްގައި ހިތުހުރި ގޮތަކަށް ބުނާކަށް. އަޅުގަނޑުމެންގެ ރިޕޯޓަރުން ވެސް އެދަނީ ހަމަ އެ ގޮތަށް ހަދަމުން. އަޅުގަނޑުގެ ވެރިކަމެއްގައި ރިޕޯޓަރުންނަކީ ހުވަޔެއް ކޮށްގެން ތިބޭ ބަޔަކަށް އަޅުގަނޑު ހަދާނަން. ދޮގު ނުހަދާން ހުވާކޮށްގެން ތިބޭ ބަޔަކަށް.“
މީގެއިތުރުން ވެސް ރޭގެ ޖަލްސާގައި ޢުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތްތައް ހާމަކުރައްވައިފައެވެ.
މިހާރުވެސް ހުވާކޮށްގެން ތިބި މީހުން ވ ގިނަ. އެ މީހުން އެއްޗެކޭ ހިތަށްއަރާތަ!